ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލަން ފާސްކޮށްފި

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ނެވެ.

އިޝްތިހާރު Below Header ad

މި ގާނޫނު އުވާލަން ހުށަހެޅީ މިއީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީ ކަމަށް ބުނެފައި ވެއެވެ. އަދި އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ހިނގާ ޚަރަދާ އަޅައިބަލާއިރު، ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައި ނުވާތީ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރެވެނިއު ސްޓޭމްޕްގެ ފައިސާ އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ޚިދުމަތްތަކަށް ނަގާ ފީ އާއި އެނޫންވެސް، ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަން ޖެހޭ ފީ އާއި އެހެނިހެން ފައިސާ އަދި ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުގެ ސަބަބުން އެ ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހުމަކީ ވެސް އެ ގާނޫނު އުވާލަން ހުށަހެޅި ސަބަބެއް ކަމަށް ވަނީ ބުނެފަ އެވެ.

އެ ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވިޔަފާރި ކުރުމަށް އޮތް ފުރުސަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލަން ހުށަހެޅީކަމަށެވެ.

ސަރުކާރުގެ އެކިއެކި ލިޔުންތަކާއި ސެޓްފިކެޓްތަކުގައި 50 ލާރިން ފެށިގެން 1000 ރުފިޔާއާ ހަމައަށް ރެވެނިއު ސްޓޭމްޕް އަންނަނީ ޖަހަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.