32 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ފުޑްކޯޓުތަކުގެ ޚަރަދު ކަވަރު ކުރުމަށް 7 އަހަރު ނަގާނެ: އެސްޓީއޯ

32 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ފުޑްކޯޓުތަކުގެ ޚަރަދު ކަވަރު ކުރުމަށް 7 އަހަރު ނަގާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ނިޒާމް ވިދާޅުވީ 8 އަހަރު ތެރޭގައި ޚަރަދު ލިބޭނެ ކަމަށް އެންމެ ފުރަތަމަ ލަފާކުރި ނަމަވެސް، އެ ޚަރަދު ކަވަރު ކުރުމަށް އިތުރު 6 ނުވަތަ ހަތް އަހަރު ނަގާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

މާލޭ ހުޅަނގު ދެކުނުގައި ތަރައްގީކޮށްފައިވާ ފުޑްކޯޓުތައް ކޮވިޑް19 އާއި ގުޅިގެން މިދިޔަ އަހަރުގެ ބައެއްގައި ފުޑް ކޯޓުތަކުން ކުލި ނުނަގައި ދިޔަ ކަމަށާއި އޭގެ ފަހުންވެސް ކުލި ކުޑަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުޑްކޯޓުގެެ ގޮޅިތައް އެސްޓީއޯ އިން ފުރަތަމަ ކުއްޔަށް ދިނީ ބޭސް ރޭޓް، އަކަފޫޓެއް 53 ރުފިޔާގެ މަގުން ކަމަށާއި މިހާރުވެސް ފުޑްކޯޓުގެ ބައެއް ގޮޅިތައް ހުސްކޮށް އެބަހުރި ކަމަށް ނިޒާމް ވިދާޅުވި އެވެ.

ކޮވިޑް19 އާއި ގުޅިގެން ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށްފައި އޮތް މުއްދަތުގައި ފުޑް ކޯޓުގެ ގޮޅިތަކުން ކުލި ނަގައިފަ އެއް ނުވެ އެވެ.

ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން 26 ފުޑް ކޯޓު ތަރައްގީ ކޮށްފައިވާ އިރު، އެ މަޝްރޫއަށް އެ ކުންފުނިން 32 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ. އެ ފުޑް ކޯޓުތައް ހުޅުވާފައިވަނީ 2018 ވަނަ އަހަރު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.