އަންނަ ޖޫން 2 ވަނަ ދުވަހުން ފެށިގެން އުރީދޫ އިން ޚާއްސަ އޮފަރތަކެއް

އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް ޚާއްޞަ އޮފަރތަކެއް ތައާރަފްކޮށްފި އެވެ.

ކޮވިޑް 19އާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އަންނަ ޖޫން 2 ވަނަ ދުވަހުން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ޚާއްޞަ އޮފަރތައް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އިޝްތިހާރު Below Header ad

މި އޮފަރ އާއެކު ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ޚިދުމަތްތައްވެސް ބޭނުންކުރުމުގައި ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެެވެ.

އެ ކުންފުނިން ބުނީ މި ޚާއްޞަ އޮފަރތައް އަލުން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަރނެޓްގެ ޚިދުމަތެއް ލިބުމަކީ މުހިންމުކަމެއްކަމުގައި ދެކިގެން ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވީ ކޮވިޑް 19 ޕެންޑެމިކް ފެށުނީއްސުރެ ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އަދިއެ ކުންފުނީގެ ޓީމަށްވެސް އުރީދޫ މޯލްޑިވްސްއިންދަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުން ކަމަށެވެ.

“އެގޮތުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އާ ރާޅަކާ ކުރިމަތިލަމުންދާ ހިނދު މި ލޯންޗު ކުރެވުނު ޚާއްޞަ އޮފަރތަކާއި އެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާއި ގުޅުވާލަދީ ރައްކާތެރިކަމާއި އެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން.” ނިޔާޒު ވިދާޅުވި އެެވެ.

2 ޖޫން 2021 އިން ފެށިގެން ލިބިވަޑައިގަންނަވާ ޚާއްޞަ އޮފަރތައް:

  • ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50އާއި ހަމައަށް އިތުރު ޑޭޓާ
  • ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30އާއި ހަމައަށް އިތުރު ޑޭޓާ
  • ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަންގަވާފަރާތްތަކަށް %200އާއި ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު ‘ވަރަށް ތަފާތު’، ‘އެކު ޕޯސްޓްޕެއިޑް’ އަދި ‘އާޗާ ޕޯސްޓްޕެއިޑް’ ގެންގުޅުއްވާ ފަރާތްތަކަށްވެސް ލިބިވަޑައިގަންނަވާނެއެވެ.
  • ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަންގަވާފަރާތްތަކަށް %50އާއި ހަމައަށް އިތުރު ޑޭޓާ
  • ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ޚާއްޞަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް %100އާއި ހަމައަށް އިތުރު ޑޭޓާ
  • 2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން
  • ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު ‘އެކު ޕޯސްޓްޕެއިޑް’، ‘ތަފާތު ޕޯސްޓްޕެއިޑް’ އަދި ‘އާޗާ ޕޯސްޓްޕެއިޑް’އަކަށްވެސް އަޕްގްރޭޑްކޮށްލެވޭނެއެވެ.
  • އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2ޖީބި ލިބިގެންދާނެ
  • މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރ އާއިއެކު އުރީދޫ އެޕް މެދުވެރިކޮށް %100 އަށްވުރެ ގިނަ ޑޭޓާ
  • ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން

ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި ކުރިމަތިލުމަށް ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުން އަންނަ އިރު، ޕެންޑެމިކާއި ބެހޭ މައުލޫމާތް ފަތުރައި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުންދަގޫ ހާލަތްތަކުން އަރައިގަތުމަށްޓަކައި، ދިވެހި ސަރުކާރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ކަމާއިގުޅޭ އެކި ފަރާތްތަކާއި ގުޅިގެން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.