އެލެގްރީ އެނބުރި ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވެއްޖެ

އިޓަލީގެ ޔުވެންޓަސްގެ ކޯޗްކަމުގެ މަގާމުން އެންޑްރޭ ޕިރްލޯ ވަކިކުރުމާއި ގުޅގެން އެ މަގާމަށް އެ ޓީމަށް ކުރިން އިރުޝާދުދިން ކޯޗް މެސިމިލިއާނޯ ގެނެސްފިއެވެ.

2020 ވަނަ އަހަރު ޔުވެންޓަސްގެ ކޯޗްކަމާއި ހަވާލުވި ޕިރްލޯ އިއްޔެ މަގާމުން ވަކިކުރީ މިފަހަރުގެ ސީޒަނުގައި އެ ކުލަބުން ހޯދި ދައް ނަތީޖާތަކުގެ ސަބަބުންނެވެ.

އިޝްތިހާރު Below Header ad

އުމުރުން 42 އަހަރުގެ ޕިރްލޯ އަށް ފަހު އެލެގްރީ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވިއިރު،  އެލެގްރީ ވަނީ 2014 އިން 2019 އަށް އެ ޓީމްގެ ކޯޗް ކަމުގެ މަގާމް އަދާކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި ފަސް ފަހަރު ޔުވެންޓަސް އަށް ލީގު ކާމިޔާބުކޮށްދިނުމުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު ޔުވެންޓަސް ގެންގޮސްދީފައިވެ އެވެ. މީގެ އިތުރުން އެލެގްރީ ވަނީ އިޓާލިއަން ކަޕް ހަތަރު ފަހަރު ޔުވެންޓަސް އަށް ކާމިޔާބުކޮށްދީފަ އެވެ.

2019 ވަނަ އަހަރު ޔުވެންޓަސް ދޫކޮށްލި ފަހުން އުމުރުން 53 އަހަރުގެ އެލެގްރީ އެހެން ޓީމަކާ ހަވާލު ނުވެ ހުރީވެސް އަލުން އެނބުރި ޔުވެންޓަސްގެ ކޯޗުކަމާއި ހަވޅުވުމަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.