ޔުވެންޓަސްގެ ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި

ޔުވެންޓަސްގެ ކޯޗު ކަމުން އެންދްރޭ ޕިރްލޯ ވަކިކޮށްފިއެވެ.

ޕިރްލޯ މަގާމުން ވަކިކޮށްފައިމިވަނީ މިފަހަރުގެ އިޓާލިއަންލީގުގައި ޔުވެންޓަސްއިން ނެރުނު ދައް ނަތީޖާތަކުގެ ސަބަބުންނެވެ.

އިޝްތިހާރު Below Header ad

ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވީ އޭރު އެ ކުލަބުގެ ކޯޗުކަމުގައި ހުރި މަރީޒިއޯ ސާރީ މަގާމުން ވަކިކުރުމަށް ފަހު 2020 ވަނަ އަހަރުގައެވެ.

ޕިރްލޯ ޔުވެންޓަަސްއާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އޮއްވާ ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމުން ޕިރްލޯ ވަކި ކުރިއިރު، ޔުވެންޓަސްއިން މިފަހަރުގެ ސީޒަން ނިންމާލީ އިޓާލިއަން ލީގުގެ ހަތަރުވަނާގައި 78 ޕޮއިންޓާއި އެކުގައެވެ.

މި ފަހަރުގެ ސީޒަން އަކީ ޔުވެންޓަސްގެ ތާރީޚުގައި ވެސް އެންމެ ނާކާމިޔާބު ސީޒަނަށް ވީއިރު، އިޓާލިއަން ލީގު ވެސް އެޓީމަށް ނުހޯދުނުއިރު، އެޓީމު ވަނީ މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑާއި ހިސާބުން ކަޓާފައެވެ. އަދި ޔުވެންޓަސް އަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރިސަތު ލިބުނީ ވެސް ވަރަށް ހަނި ގޮތަކަށެވެ.

އެހެން ނަމަވެސް ޕިރްލޯގެ އިރުޝާދުގެ ދަށުން ޔުވެންޓަސްއިން ވަނީ މިއަހަރުގެ އިޓާލިއަން ސުޕަކަޕް އާއި އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.

ޕިރްލޯއަށް ފަހު ޔުވެންޓަސްގެ ކޯޗުކަމާއި ދެން ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ ޔުވެންޓަސްގެ ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީއެވެ.

އެލެގްރީ މިހާރުވެސް ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމަށް އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ބުނާއިރު، އޭނާ ޔުވެންޓަސްއާއި މިފަހަރު ހަވާލުވާނީ 2 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އެލެގްރީ މީގެ ކުރިނަ ޔުވެންޓަސް ގެ ކޯޗުކަން ކޮށްފައިވަނީ 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށެވެ.

މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޔުވެންޓަސް އަށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިދީފައެވެ. އެވޮތުން އިޓާލިއަން ލީގު ފަސްފަހަރު، އިޓާލިއަން ކަޕް ހަތަރު ފަހަރު އަދި އިޓާލިއަން ސުޕަކަޕެއް ވެސް ވަނީ ހޯދައިދީފައެވެ.

މީގެ އިތުރުން އެލެގްރީ ވަނީ 15-2014 އަދި 17-2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުގެ ފައިނަލަށް ވެސް އެޓީމު ގެންގޮސްދީފައިވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.