ޚަބަރު ފީތާ

ކޮލޮމްބޯ ޕޯޓުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ، އަނދަނީ

ކޮލޮމްބޯ ޕޯޓުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ، އަނދަން ފަށައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެމްވީ އެކްސްޕްރެސް ޕަރލް ނަމަކަށް ކިޔާ ބޯޓެއްގަ އެވެ. އަދި އެ ބޯޓުގައި ނަގާފައިވަނީ ސިންގަޕޯރ ދިދަ އެއް ކަމަށް ވެސް މަޢުލޫމާތު ލިބިފަ އެވެ.

އަލް ޖަޒީރާ ގައި ބުނެފައިވަނީ އެ ބޯޓަކީ ކެމިކަލް އުފުލާ ބޯޓެއް ކަމަށާއި އެ ބޯޓުގައި 1486 ކޮންޓެއިނަރ ހުރި ކަމަށެވެ. އޭގެތެރެއިން 25 އިންސައްތައަކީ ކެމިކަލްސް ކަމަށެވެ.

މި ބޯޓުގައި 25 ފަޅުވެރިން ތިބި ކަމަށާއި އެއީ ޕިލިޕިންސް، ޗައިނާ، އިންޑިއާ އަދި ރަޝިއާ އަށް ނިސްބަތްވާ މީހުން ކަމަށް ވެސް ބުނެފައި ވެއެވެ.

މި ބޯޓުގައި އަލިފާން ރޯވެފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެބޯޓުގައި ތިބި މީހުން ސަލާމަތް ކުރެވުނީ މިއަދު ކަމަށް ވެސް އަލް ޖަޒީރާ އިން ބުނެއެވެ.

 

Like
Like Love Haha Wow Sad Angry