ޙަމާސްއިން އެއްބަސްވުމާއި ޚިލާފް ވެއްޖެނަމަ ވަރުގަދަ ޙަމަލާތަކެއް ދޭނަން: ނަތަންޔާހޫ

އިޒްރާއީލުން ޣައްޒާއިން ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމާއި ޙަމާސްއިން ޚިލާފްވެ، އިޒްރާއީލަށް ޙަމަލާ ދީފިނަމަ، “ވަރަށް ވަރުގަދަ ރައްދެއް” ދޭނެ ކަމަށް އިޒްެރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަޢުދު ވެއްޖެއެވެ.

ނަތަންޔާހޫ މިހެން ބުނެފައި ވަނީ ހަމަލާތައް ހުއްޓާލުމާއި އަދި މެދު އިރުމަތީގެ ސުލްޙައާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން އިޒްރާއީލަށް ކުރައްވާ ޒިޔާރަތުގައި ބްލިންކަންއާއެކު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

އިޝްތިހާރު Below Header ad

އިޒްރާއީލާއި ފަލަސްތީނާ ދެމެދު ދާދި ފަހުން ހިނގާދިޔަ ހަމަނުޖެހުމުގައި އިޒްރާއީލަށް އަމިއްލައަށް ދިފާއު ވުމުގެ ހައްޤު އޮންނާނެ ކަމަށް ބުނެ އެމެރިކާއިން އިޒްރާއީލަށް ތާއީދު ކުރުމުން އަދި މިހާތަނަށްވެސް އެމެރިކާއިން އިޒްރާއީލަށް ދީފައިވާ އެއްބާރުލުމަށް އިޒްރާއީލުން ވަނީ އެމެރިކާއަށް ޝުކުރު އަދާކޮށްފައެވެ.

މިމަހު 10 ގައި އިޒްރާއީލުން ޣައްޒާއަށް ދޭންފެށި ބާރުގަދަ ވައިގެ ޙަމަލާތަކުގައި ފަލަސްތީންގެ 248 މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެތެރޭގައި 66 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި ޣައްޒާގައި ހަރަކާތްތެރިވާ ޙަމާސްއާއި ހަތިޔާރުއެޅި އެހެން ޖަމާޢަތްތަކުން އިޒްރާއީލަށް ދީފައިވާ ރޮކެޓު ހަމަލާތަކުގައި އިޒްރާއީލުގެ 12 މީހުން މަރު ވެފައި ވާއިރު އޭގެތެރޭގައި 2 ކުޑަކުދިން ވެސް ހިމެނެއެވެ. މީގެއިތުރުން މެދުނުކެނޑި ހިންގި އެއްވުންތަކުގައި ހަމަނުޖެހުން އުފެދި އަދި ޙަމަލާތަކުގެ ސަބަބުން އެތައް ހާސް ބައެއް ވަނީ ޒަޚަމްވެސް ވެފައެވެ.

ނަތަންޔާހޫއާއެކު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބްލިންކެން ބުނެފައި ވަނީ، އިޒްރާއީލަށް ކުރައްވާ ދަތުރަކީ 4 މަޤްސަދެއްގައި ކުރައްވާ ދަތުރެއް ކަމަށާއި، އެއީ އިޒްރާއީލްގެ ސަލާމަތަށް އެމެރިކާގެ ތާއީދު އޮތްކަން ހާމަކޮށްދިނުމާއި، ވެސްޓްބޭންކްގައި ސަލާމަތީ ކަންތައް ވަރުގަދަކޮށް މަސްރަޙު ހަމަޔަކަށް އެޅުވުމާއި، ޣައްޒާއަށް މިވަގުތު ބޭނުން ވެފައިވާ އިންސާނީ އެހީތެރިކަމާއި ޣައްޒާ އާރާސްތު ކުރުމަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމާއި އަދި ފަލަސްތީނުގެ ރައްޔިތުންނާއި ސަރުކާރާއި އެމެރިކާއާއި އޮންނަ ގުޅުން އަލުން ވަރުގަދަ ކުރުން ކަމަށެވެ.

ޣައްޒާ އާރާސްތު ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ދޭ އެހީގެ އެއްވެސް ފައިދާއެއް ޙަމާސްއަށް ނުލިބޭތޯ އެމެރިކާއިން ކަށަވަރު ކުރާނެ ކަމުގައިވެސް ބްލިންކެން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.