ސްޕެއިންގެ ޔޫރޯ ސްކޮޑުން ރާމޯސް ބާކީ ކޮށްފި

ނިމިގެން ދިޔަ ސީޒަނުގައި އެކަށީގެންވާ ވަރަށް މެޗުތައް ކުޅެފައި ނުވާކަމަށް ބުނެ ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ޔޫރޯ އަށް ނެގި ސްޕެއިންގެ ސްކޮޑުން ބާކީކޮށްފި އެވެ.

ނިމިގެންދިޔަ ފުޓްބޯޅަ ސީޒަނުގެ ބޮޑު ބައެއް އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ރާމޯސް ހޭދަކުރިއިރު، ސަޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ގިނަ މެޗުތަކުގައި އޭނާ ކުޅެފައެއް ނުވެެއެވެ. އެގޮތުން ލީގިގައި 38 މެޗު ކުޅުނު އިރު ރާމޯސް އަށް ކުޅެވިފައިވަނީ އެންމެ 15 މެޗެވެ.

އިޝްތިހާރު Below Header ad

އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލި ސްޕެއިންގެ 24 ކުޅުންތެރިންގެ ސްކޮޑުން ރާމޯސް ބާކީ ކުރުމަށްފަހު ކޯޗު ލުއިސް އެންރީކޭ ބުނީ މިފަހަރުގެ ޔޫރޯ މުބާރާތަށް ނެގި ސްކޮޑުން ރާމޯސް ބާކީ ކުރީ ގިނަ ކަންތައްތަކަކަށް ބަލާފައި ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި ބެލީ ނިމިގެން ދިޔަ ސީޒަނުގައި ދައްކާފައިވާ ޕާފޯމަންސްއަށް ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އެގޮތުން ބަލާއިރު ނިމިގެން ދިޔަ ސީޒަނުގެ ބޮޑު ބައެއް ރާމޯސް ހޭދަކޮށްފައިވަނީ އަނިޔާގައި ކަމަށާއި އެހެން ކަމުން ކުޅެފައި ހުރި މެޗުތަކުގެ އަދަދު ވަރަށް ދައްކަމަށް އެންރީކޭ ވަނީ ބުނެފައެވެ. އަދި މީގެއިތުރުން އޭނާ ބުނީ މިވަގުތު ގައުމީޓީމުގައި ކުޅެން ރާމޯސް ފިޓް ނޫންކަމަށެވެ.

” ސްކޮޑް އެކުލަވާލުމުގެ ކުރިން ވަރަށް ވިސްނިން، ބޮޑަށް ބެލީ ނިމިގެން ދިޔަ ސީޒަނުގައި ދައްކާފައިވާ ޕާފޯމަންސް އަށް.  އެހެން ބެލިއިރު ރާމޯސް ސީޒަނުގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ އަނިޔާގަ. މަދު މެޗުތަކެއް ކުޅެފަ ހުރީ. އެހެން ކަމުން މިވަގުތު ގައުމީ ޓީމަށް އޭނާ ފިޓްކަމަށް ނުފެންނާތީ ބާކީ ކުރީ.” ސްޕެއިންގެ ހެޑް ކޯޗް ލުއިސް އެންރީކޭ ބުންޏެވެ.

ރާމޯސް އަކީ ސްޕެއިންގެ ގައުމީ ޓީމަށް މިހާތަނަށް ގިނަ މެޗުތަކެއް ކުޅެދީ ގައުމީ ޓީމާއި އެކު ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. ރާމޯސް މިހާތަނަށް ގައުމީ ޓީމަށް 180 އަށްވުރެ ގިނަ މެޗު ކުޅެދީފައި ވާއިރު، 23 ގޯލު ޖަހާދީފައި ވެއެވެ.

2005 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފެށި ރާމޯސް ވަނީ ގައުމީ ޓީމާއި އެކު 2008 ވަނަ އަހަރު ޔޫރޯ، 2010 ވަނަ އަހަރު ވޯލްޑް ކަޕް، އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.