ޚަބަރު ފީތާ

ބޮޑުގޭގައި ޕާކިންގ ޒޯން ހަދާނީ މިސްކިތަށް ދަތި ނުވާގޮތަށް: މޭޔަރ

ބޮޑުގޭގައި ޕާކިންގ ޒޯން ހަދާނީ މިސްކިތަށް ދަތި ނުވާގޮތަށް ކަމަށް މާލޭސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވީ މާފަންނު ބޮޑުގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފައްޓަވާދެއްވާ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ނެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ބޮޑުގޭގައި ޕާކިންގ ޒޯނެއް ހަދަން ނިންމީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން އެކަމަށް އެދޭތީ އެމީހުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އަދި މާލޭ ސިޓީގައި ހުރި އެފަދަ އިތުރު ބައެއް ތަންތަން ވެސް ހުޅުވާލައި، އެ ތަންތަނުގެ ބޭނުން އާންމުންނަށް ހިފޭނެ އިންތިޒާމުތައް ހަމަޖެއްސާނެ ކަމަށެވެ.

ޕާކިންގ ޒޯނުގެ އިތުރުން ހިތްހަމަޖައްސާލަން ގޮސް ތިބެވޭނެ ތަންތަންވެސް ތަރައްޤީ ކުރާނެކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

މާލޭގެ މޭޔަރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ރައްޔިތުންނަށް ބޭނުންވާނެ ކަންތައް ބައްލަވައި، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ކަންތައް ބައްޓަން ކުރުމުގެ މަސައްކަތް ކުރައްވަމުން ޑރ. މުއިއްޒު ގެންދަވާ އިރު، މާލޭގެ ބައެއް އެހެން ތަންތަން ވެސް ވަނީ ބައްލަވާލައްވާފަ އެވެ.

އެގޮތުން މަސް މާރުކޭޓާއި ވަޅޯމަސް މާރުކޭޓު ފަދަ ތަންތަނަށް ވަނީ ވަޑައިގެން އެތަންތަނުގެ ޙާލަތު ބައްވަލާލައްވާފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: