ކޮންމެ ދެ އަހަރުން އެއް އަހަރު ފީފާ ވޯލްޑް ކަޕް ބާއްވަން ދިރާސާތަކެއް ހަދަނީ

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ބާއްވަމުން އަންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ދިރާސާތަކެއް ހަދަން ފަށައިފިއެވެ.

ފީފާއިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ފެނޭތީ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ފީފާ އިން ތައްޔާރުވެފައިވާއިރު، މި ހުށައެޅުމަކީ ސައުދީ އަރަބިއްޔާއިން ހުށައެޅި ހުށައެޅުމެކެވެ.

އިޝްތިހާރު Below Header ad

މި މުބާރާތް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށްޓަކައި ސައުދީ އަރަބިއްޔާ އިން ހުށައެޅި މި ހުށަހެޅުމަށް ފީފާގެ މެންބަރު 166 ގައުމަކުން  ތާއީދުކޮށްފައިވާއިރު، މި ހުށައެޅުމާއި ދެކޮޅަށް 22 ގައުމަކުން ވޯޓު ދީފައިވެއެވެ.

ސައުދީން ހުށައެޅި މި ހުށައެޅުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޔަސާ އަލް މިސްހާލް ބުނެފައި ވަނީ ކޮވިޑްގެ ސަބަބުން ފުޓްބޯޅައިގެ ކުރިމަގު މިހާރު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެހެން ކަމުން މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ފުޓްބޯޅައިގެ ކަންކަން ވަރަށް ރަނގަޅަށް މުރާޖައާ ކުރަން ޖެހޭކަމަށެވެ. އަދި އޭގެ ތެރެއިން  ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް މިހާރު ބާއްވަމުން އަންނަ ގޮތް ބަދަލުކުރުމަށްވެސް ވިސްނަން ޖެހޭކަމަށް ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޔަސާ އަލް މިސްހާލް ބުންފައިވެ އެވެ.

އަދި މީގެއިތުރުން ކޮވިޑްގެ ސަބަބުން ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަ ބަލާ އެކަން ވަރަށް ރަނގަޅަށް މުރާޖައާކޮށް ބެލުމަށްފަހު މައްސަލަތައް ހައްލު ކުރުމަށް ގައުމުތަކުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށާއި އެގޮތުން  މުބާރާތްތަކެއް ބޭއްވުމާއި، އަދި އެ މުބާރާތްތަކުގެ ހައިބަތާއި، އެއިން ލިބޭ ނަފާ ބޮޑުކުރުމަކީ މުހިއްމު ކަމެއްކަމަށްވެސް ޔަސާ ބުނެފައިވެ އެވެ.

މީގެ އިތުރުން ޔަސާ ބުނެފައިވަނީ މިއީ މިހާރި އޮތް ފޯމެޓް ބަދަލުކޮށ ްެވޯލްޑް ކަޕް މުބާރާތް ކޮންމެ ދެއަހަރަުން އެއް އަހަރު ބޭއްވުމަށް ވިސްނަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ފީފާ ވޯލްޑް ކަޕް ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާނަމަ މިމުބާރާތަށް ކޮލިފައިވުމަށްޓަކައި ކުޅޭ މުބާރާތްތަކަށްވެސް ވިސްނަން ޖެހޭނެ ކަމަށް ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވެފައި އެވެ.

1930 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތަކީ ދުނިޔޭގެ 32 ގައުމެއްގެ މެދުގައި ކޮންމެ ހަތަރަު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 1930 ވަނަ އަހަރު އުރުގުއޭގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.