އެހެންގައުމުތަކުގެ މުސްލިމުންނަށް ވެސް މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދޭން ނިންމައިފި

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އެހެންގައުމުތަކަށް ވެސް ފުރުސަތު ދޭން ސައުދީ އަރަބިއްޔާއިން ނިންމައިފި އެވެ.

އެ ގައުމުގެ ސަރުކާރުން ބުނީ ހިނގަމުން މިދާ 1442 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު، އެހެން ގައުމުތަކުގައި ތިބި މުސްލިމުންނަށްވެސް އޮންނާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެެހންނަމަވެސް މި ފުރުސަތު ލިބޭނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ޚާއްސަ، ހަރުކަށި ފިޔަވަޅުތަކެއްގެ ދަށުން ނެވެ.

އެގޮތުން ޙާޖީންގެ ސިއްހީ ދުޅަހެޔޮ ކަމާއި ސަލަމާތްތަތެރިކަމާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ، އެޅެން އޮތް އެންމެ ފުރިހަމައަކަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާ، އެކަން ކަން ތަންފީޒު ކުރަމުން ދާނެ ކަމަށް، ސައުދީ އަރަބިއްޔާ އިން ވަނީ ބުނެފަ އެވެ.

މިގޮތަށް ސައުދީން ބުނެފައިވީނަމަވެސް އެހެން ގައުމުތަކުން ސައުދީއަށް ދަތުރުކޮށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމާ ގުޅޭ އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރެއެެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށްފަހު، ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކަށް ސައުދީ ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން ސައުދީއިން ކުރިއަށް ގެންދިޔައީ، އެވަގުތު އެ ގައުމުގައި ދިރިއުޅެމުންދިޔަ މީހުންނަށް ފުރުސަތު ދީގެންނެވެ. އެ ފަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައި ވަނީ އެންމެ 1000 އެއްހާ މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.