އިންޑިޔާގައި ކޮވިޑް ޖެހިގެން މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ މަރު

އިންޑިޔާގައި ކޮންޓްރޯލް ވުމެއްނެތި ކޮރޯނާ ވައިރަސް ފެތުރި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް 276،110 މީހުން ފައްސިވެ، 3،874 މީހުން މަރުވެފައިވާ ކަމަށް ސިއްޙީ ރެކޯޑުތަކުން ދައްކައިފިއެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި ކޮވިޑް ޓެސްޓް ހަދާފައިވާ މީހުންގެ ތެރެއިން 3 ބައިކުޅެ 2 ބައި މީހުން ވަނީ ފައްސިވެފައެވެ.

ފާއިތުވި އަހަރު އިންޑިޔާގައި ކޮރޯނާ ފެތުރެން ފެށިފަހުން މިހާތަނަށް 25.77 މިލިއަން މީހުން ފައްސިވެ، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ ޢަދަދު 287،122 އަށް އަރާކަމަށް އެޤައުމުގެ ސިއްޙީ ވުޒާރާއިން ނެރުނު ޑޭޓާގައި ބުނެފައިވެއެވެ. ކޮރޯނާގެ އައު ވޭރިއަންޓެއް އިންޑިއާއިން ފެނި، ވައިރަސް ފެތުރުން ކޮންޓްރޯލް ނުވެ، ބައެއް ދުވަސް ދުވަހު 400،000 މީހުންވެސް ފައްސި ވެފައިވެއެވެ. އޮފިޝަލުން ބުނެފައި ވަނީ، ޓެސްޓު ކުރުމުގެ ކަންތައްތައް އިންޑިޔާގެ ބައެއް ސްޓޭޓް ތަކުގައި އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، ފައްސިވެފައިވާ މީހުންގެ ޢަދަދު މިއަށްވުރެ 10-5 އިންސައްތަ މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިޝްތިހާރު Below Header ad

އިންޑިޔާގައި ބަލި ފެތުރި ސިއްޙީ ނިޒާމް ވަނީ ގުޑުވާލާފައެވެ. ސިއްޙީ ޚިދުމަތްދޭ ތަންތަން ފުރި، ބޭހާއި ފަތުވާދޭ އާލާތްތައް ހުސްވެ، އަދި މީހުން މަރުވަމުންދާ ޢަދަދުތައް އިތުރު ވުމުގެ ސަބަބުން މަރުވާ މީހުން އަންދާ ތަންތައް ފުރި ހަށިގަނޑުތަކުން ފުރެމުންދާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.