އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދައިފި

ވާދަވެރި ކުޅުމަކަށް ފަހު އެޓަލާންޓާ ބަލިކޮށް އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ޔުވެންޓަސްއިން ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗުން އެޓަލާންޓާގެ މައްޗަށް ޔުވެންޓަސް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

އެޓަލާންޓާ ބަލިކޮށް އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދިއިރު، މިއީ ޔުވެންޓަސްއިން މި މުބާރާތް ކާމިޔާބުކުރި 14 ވަނަ ފަހަރެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޔުވެންޓަސްއިންނެވެ. ވެސްޓަން މެކެނީގެ އެހީއާއެކު މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެޖާން ކުލުސެވްސްކީއެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ރުސްލާން މައިލްނޯވްސްކީ ވަނީ ލަނޑެއް ޖަހައި، އެޓަލާންޓާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އޭގެ ފަހުން މި މެޗުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ 73 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ލީޑު ނަގާފައެވެ. ކުލުސެވްސްކީ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ކިއެސާއެވެ.

އެޓަލާންޓާ ބަލިކޮށް ކޮޕާ އިޓާލިއާ ގެ ޗެމްޕިއަން ކަން ޔުވެންޓަސް ހޯދިއިރު، މިއީ އެޓީމުގެ ކޯޗު އެންދްރޭ ޕިރުލޯ ގެ ކޯޗުކަމުގައި ހޯދި ދެވަނަ ކާމިޔާބީއެވެ. މީގެ ކުރިން މިދިޔަ އަހަރު ޕިރްލޯގެ އިރުޝާދުގެ ދަށުން ޔުވެންޓަސްއިން ވަނީ އިޓާލިއަން ސުޕަ ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ރޭގެ ފައިނަލް މެޗަށް ކޮންމެވެސް ވަރަކަށް ދެ ޓީމުގެ ސަޕޯޓަރުން ދަނޑަށް ވައްދާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.