ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ބުނެ ހައްޔަރު ކުރި އަބްދުﷲގެ ބަންދަށް 15 ދުވަސް ޖަހައިފި

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރު ކުރި ހއ. މޮޅަދޫ ބަހާރުގެ، އަބްދުﷲ އަލީ މަނިކުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ހުތުމަތުކޮށް ފުލުހުން ރޭ ހައްޔަރު ކުރި މި މީހާގެ ބަންދަށް 15 ދުވަސް ޖެހިއިރު، އޭނާގެ މުއްދަތު ޖެހުމަށް ބޭއްވި އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު މަޖިލީހެއްގެ ގޮތުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތަށް މި މަޖިލިސް ސިއްރުކޮށްފައިވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ. މި ސިއްރު އަޑުއެހުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ މި މީހާގެ ބަންދަށް އިތުރު 15 ދުވަސް އިތުރު ކޮށްދީފައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އުމުރުން 49 އަހަރުގެ އަބްދުﷲ އަލީއަކީ ބަންދުގައި ބެހެއްޓުމަށްފަހު ވަރަށް ފަހުން ގެއަށް ދޫކޮށްލި މީހެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ނަޝީދުގެ ގެކޮޅު ކައިރީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ބޮމެއް ގޮއްވާލި މައްސަލާގައި ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ސަލާމަތީ ފިޔަވަޅުތައް  ވަރުގަދަކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.

ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.