މުސްލިމް ޕައިލެޓުންނަށް އިތުރު ދަތިކަމެއް

މުސްލިމް ޤައުމުތަކުގެ ޕައިލެޓުންނަށް އަމާޒުކޮށް އިޒްރޭލުން ކުރިމަތިކުރި ހުރަސްތަކަށް އެއާ ފްރާންސުން އަމަލުކުރަން ފަށައިފި އެވެ.

އިޒްރޭލުގެ މި ނިންމުމުގެ ސަބަބުން، ވަކި ޤައުމުތަކެއްގެ ރައްޔިތުންގެ ގޮތުގައި ތިބި ފްލައިޓް ކުރޫއިންނަށް، އެމީހުންގެ އަތުގައި ފްރާންސްގެ ރައްޔިތުކަން އޮތް ނަމަވެސް، އެ ޤައުމަށް ދަތުރުކުރުން ވަނީ މަނާވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

’މީޑިއާޕާޓް‘ އިން ކުރި ތަޙްޤީޤަކަށް ފަހު ހާމަކޮށްފައިވާ ގޮތުގައި، މުސްލިމް ޤައުމުތައް ހިމެނޭހެން ވަކި ޤައުމުތަކަކަށް ނިސްބަތްވާ ޕައިލެޓުންނާއި ކެބިން ކުރޫއިން އިޒްރޭލަށް ކުރާ ދަތުރުތަކުގައި ބައިވެރިނުކުރުމަށް އެ ޤައުމުން ނެރުނު އަމުރަށް އަމަލުކުރުމަށް އެއާ ފްރާންސުން ވަނީ އެއްބަސްވެފަ އެވެ.

މި ހުރަސްތައް ކުރިމަތިވަނީ އަލްޖީރިއާ، ޓިއުނީޝިއާ، އީރާން އަދި ޕާކިސްތާން ހިމެނޭހެން ޖުމްލަ 31 ޤައުމެއްގެ ރައްޔިތުންނަށެވެ.

މީގެ ތެރޭގައި އެ ޤައުމުތަކުގެ ރައްޔިތުކަމުގެ އިތުރުން ފްރާންސްގެ ރައްޔިތުކަން އޮންނަ ފަރާތްތައްވެސް ހިމެނެ އެވެ.

އިޒްރޭލުގެ މި އެންގުމުގައި ސީދާ ދީނުގެ ނަން ބޭނުންކޮށްފައި ނުވި ނަމަވެސް، މީގެ ސަބަބުން އެ ޤައުމުތަކަށް ނިސްބަތްވާ މުސްލިމް ޕައިލެޓުންނާއި އެހެނިހެން މުވައްޒަފުންނަށް ވަނީ މަސައްކަތުގެ ފުރުސަތު ބަންދުވެފަ އެވެ.

މީޑިއާޕާޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ އިރުޝާދުތަކާ އެއްގޮތަށް ދެން އެ ޤައުމަށް ކުރާ ދަތުރުތަކުގައި އެ މުވައްޒަފުންނަށް ބައިވެރިނުވެވޭނެކަން އެއާ ފްރާންސުން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން، އެހެން ޤައުމެއްގެ ރައްޔިތުކަން އޮތް ނަމަ އެކަން ހާމަކުރުމަށްވެސް އެއާލައިނުން މުވައްޒަފުންނަށް އަންގާފައިވެ އެވެ. އަދި މިކަމަށް އަމަލުނުކުރާ މުވައްޒަފުންނާ މެދު އަދަބީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސްވަނީ ދީފަ އެވެ.

އެއާ ފްރާންސުން މި ނިންމުމަށް އަމަލުކުރަން ފެށުމުން، ފްރާންސްގެ ޤާނޫނީ ނިޒާމުގެ ތެރެއިން އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް، މީޑިއާޕާޓުން ހާމަކުރި މި މައުލޫމާތުތަކާ ގުޅޭގޮތުން އެއާލައިނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިޒްރޭލުގެ ބްރޯޑްކާސްޓަރު ’N12‘ އިން ބުނި ގޮތުގައި، އެ ޤައުމުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން މި އެންގުން ނެރެފައިވަނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެވެ.

މި އެންގުމުގައި ބުނެފައިވަނީ، އިޒްރޭލާއެކު ސިޔާސީ ގުޅުން ނެތް ޤައުމުތަކުގެ ރައްޔިތުން ނުވަތަ އެފަދަ ޤައުމެއްގެ ރައްޔިތުކަން އޮންނަ މީހަކު، އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވަންނަ ބޯޓުތަކުގެ ޕައިލެޓުންނާއި ކުރޫއިންގެ ގޮތުގައި ނުބޭތިއްބުމަށް އެއާލައިންތަކުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

މި އަމުރު ނެރެފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއްގެ ކޯ-ޕައިލެޓް، ބޯޓުގެ ކޮންޓްރޯލް އަތުލައި އިޒްރޭލުގެ ބެން ގޫރިއަން އެއާޕޯޓުގެ ޓާމިނަލަކަށް ބޯޓު ވައްޓާލަން އުޅުނު ކަމަށް ބުނާ ހާދިސާއަކާ ގުޅިގެންނެވެ.

އޮމާނަށް ނިސްބަތްވާ އެ ކޯ-ޕައިލެޓް ޔޫ.އޭ.އީގެ ތަޙަޤީޤްކުރާ ފަރާތްތަކަށް ބުނެފައިވަނީ އޭނާ އެކަން ކުރީ އަމިއްލައަށް ކަމަށެވެ.

ނަމަވެސް އިޒްރޭލުން ނުވަތަ ޔޫ.އޭ.އީއިން ދީފައިވާ މައުލޫމާތުތައް މިނިވަން ފަރާތަކުން ކަށަވަރުކޮށްފައެއް ނުވެ އެވެ. އަދި އެ ޕައިލެޓާ ގުޅޭ އިތުރު މައުލޫމާތެއްވެސް މިހާތަނަށް އާންމުކޮށްފައެއްނުވެ އެވެ.

ތުހުމަތު ކުރެވޭ މި ޕައިލެޓަކީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ފްލައި ދުބާއީއާ ގުޅުމުގެ ކުރިން، އޮމާން އެއާ އަދި ރޯޔަލް އެއާ މެރޮކް ފަދަ އެއާލައިންތަކުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

އިޒްރޭލުގެ ’ޗެނަލް 13‘ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ އެއާލައިނަކުން މިހާރު ދަނީ އެ ޤައުމުގެ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 2،500 ޕައިލެޓުންނާއި ކުރޫއިންގެ ފަސްފަސްލަ ބަލަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.