އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑަމީ ކޯހަށް ކުރިމަތުލުމަށް ހުޅުވާލައިފި

އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ ”ނޭޝަނަލް ޑިފެންސް އެކެޑަމީ ކޯސް – 146“ ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.

މިއަހަރުގެ ޖޫން 28 ގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީނު ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލް ތިން މާއްދާއިން ފާސްވުން (ދިވެހި، އިސްލާމް މާއްދާ ނުހިމަނާ)، 2021 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ނިޔަލަށް މީލާދީ ގޮތުން 23 އަހަރު ނުފުރޭ މީހަކަށް ވާން ޖެހެއެެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި، ހަށިހެޔޮކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ވެސް ހިމެނެއެވެ.

2024 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެންމެ ޖާގައަކަށެވެ.

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، މި މެއި 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގއަށް އީމެއިލް (trgcoord@mndf.gov.mv) ކުރެއްވުން ވަނބީ އެދުިފަ އެެވެ.

ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv) އިން ޑައުންލޯޑުކުރެވޭނެއެވެ.

ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 7534599 އަށް ގުޅުއްވުން ލިބޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.