
މާލޭ ދަފްތަރުގައި ޖެއްސުން ސިޓީ ކައުންސިލުން މެދުކަނޑާލައިފި
މާލޭ ދަފްތަރުގައި ޖެއްސުން ސިޓީ ކައުންސިލުން މެދުކަނޑާލައިފި އެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ދަފުތަރުގައި މިހާރުވެސް 17 ހާހެއްހާ ރައްޔިތުން އެބަތިބި ކަމަށެވެ.
”އެ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ލިބިފައިވަނީ ކިތައް ބޭފުޅުންނަށްތޯއާއި އަދި ނުލިބޭ ފަރާތްތަކަށް ލިބޭނީ ކިހިނެއްތޯއާއި ދަފުތަރުގައި ޖެހެން އޮންނަ އުސޫލަކީ އެންމެ ރަނގަޅު އުސޫލުތޯވެސް ޔަގީންކުރަން ބޭނުންވޭ.“ ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ދަފްތަރުގައި ޖެއްސުން ވަގުތީގޮތުން މެދުކަނޑާލީ އެކަންކަން ހައްލު ކުރުމަށް މަގުޗާޓެއް އެކުލަވާލައި ހުރިކަންކަން ހައްލު ކުރުމަށްޓަކައި ކަމަށެވެ.



