ޚަބަރު ފީތާ

އިންޑިއާގެ ދެ މަންޒިލަކަށް މޯލްޑިވިއަން އިން ދަތުރުތަކެއް ރާވައިފި

އިންޑިއާގެ ދެ މަންޒިލަކަށް މޯލްޑިވިއަން އިން ދަތުރުތަކެއް ރާވައިފި އެވެ.

މޯލްޑިވިއަން އިން ބުނީ މިއީ ސްކޫލް ބަންދަށް ޚާއްސަކޮށް ރާވާފައިވާ ދަތުރުތަކެއް ކަމަށެވެ. އަދި އެ ދަތުރުތައް މިހާރުތާވަލުކޮށްފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

ގައުމީ އެއަރލައިނުން ބުނީ އެ ތާރީޚުގައި މޯލްޑިވިއަން ރާވާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންއަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ އީމެއިލް cc@iasl.aero އަށް މެއިލް ފޮނުވައިގެން ނުވަތަ ވައިބަރ މެދުވެރިކޮށް އަދި މޯލްޑިވިއަންގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ޚާއްސަ ފްލައިޓުން ޓިކެޓް ބުކް ކުރެވޭނެ ކަމަށް ވެސް ގައުމީ އެއަރލައިނުން ބުންޏެވެ.

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތް މެދުކަނޑާލާފައިވާއިރު، ވައިބަރ އާއި އީމެއިލްގެ ޚިދުމަތް ހުުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން މެންދުރު 2:00 އާ ދެމެދުގައި ލިބޭނެ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އިންޑިއާގެ ދެ މަންޒިލަކަށް މޯލްޑިވިއަން އިން ދަތުރުތަކެއް ރާވައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.