
އިންޑިއާ އިން ރާއްޖެއަށް 60 ހާސް ޕީސީއާރް ޓެސްޓް ކިޓް ދޭން ނިންމައިފި
އިންޑިއާ އިން ރާއްޖެއަށް 60 ހާސް ޕީސީއާރް ޓެސްޓް ކިޓް ރާއްޖެއަށް ދޭން ނިންމައިފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި 60 ހާސް، ޕީސީއާރު ޓެސްޓް ކިޓު ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ އިންޑިއާއިން މިހާރުވަނީ ދީފަ އެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑަށް މިއީ ޓެސްޓުކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި އިންޑިއާއިން ވެދިން އެހީތެރިކަމެއް ކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލްގެ ބޭނުމަށް 60،000 އާރްޓީ-ޕީސީއާރް ޓެސްޓު ކިޓު ރާއްޖެއަށް އެކްސްޕޯޓު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
މި ހުއްދަ ދީފައިވާއިރު، ރާއްޖެއަށް އިންޑިއާއިން ވެކްސިން ގެނެވޭތޯ ދިވެހި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ހާލަތުގައި އިންޑިއާއިން ވެކްސިން އެހެން ގައުމުތަކަށް ފޮނުވާލުން ވަނީ މަޑުޖައްސާލާފައެވެ.
އެހެންނަމަވެސް ދާދި އަވަހަށް އެ ވެކްސިން ލިބިދާނެފަދަ އިސާރާތެއްވެސް އިންޑިއާއިން އިއްޔެ ކޮށްފައިވެއެވެ.



