ރަމަޟާން މަހަށް ފަހުވެސް ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުން

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ވަލިވެ، މިހާރު ހިފަމުން މިގެންދަނީ ސައްވާލު މަހުގެ ހަ ރޯދައެވެ. ރަމަޟާން މަސް ނިމުނެއް ކަމަކު ގިނަ ބަޔަކަށް އަދި ރޯދަ ހިފުން ނިމުމަކަށް ނާދެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ދިވެހީންނަށް ރޯދަ ނިމޭނީ ސައްވާލު މަހުގެ ހަ ރޯދައާއި ވެސް އެކުގައެވެ.

ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބުން

އިޝްތިހާރު Below Header ad

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާން މަހުގައި އަޅުކަމުގައި ވަރަށް ހީވާގި ބައެކެވެ. އެހެން ނަމަވެސް ޢީދު ނަމާދާއި އެކު އަޅުކަމުން އަލްވަދާޢުކިޔާތަން ފެންނަމުން ދަނީ މަދެއްކޮށެއް ނޫނެވެ. ކަން މިހެން ހުރުމުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނިރަމަޟާން މަހަށް އަޅުކަން ކުރި ބަޔެކޭ ހީވާކަހަލައެވެ. އެގޮތުން ބައެއް މީހުން ރަމަޟާން މަސް ނިމިދިއުމާއެކު ނަމާދާއި، ﷲ ގެ މަގުގައި ހޭދަކުރުމާއި، ޛިކުރު ކުރުން ފަދަ އަޅުކަންތައް ހުއްޓާލައެވެ.

ލޮބުވެތި އަޚުންނޭވެ.! އެހެން ނުހަދާ ރަމަޟާން މަސް ނިމުމުނުނަމަވެސް ހެޔޮކަމުގައި ދެމިތިބުމަށް މަސައްކަތް ކުރާށެވެ.
ރަޙްމަތާއި ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުމުގެ މައްސަރު އަޅުގަނޑުމެންނާއި ވަކިވެދިޔަ ނަމަވެސް ހެޔޮގޮތުގައި އެ މައްސަރު ހޭދަކުރި މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުއްޓެވެ. ބޮޑެތި ފާފަތަކާއި ފާޙިޝް ޢަމަލުތަކާއި ދުރުހެލިވުމަށް ފަރުވާތެރިވާނެޖެހެއެވެ.

ރޯދައިގެ ޘަވާބު ފުރިހަމައަށް ހޯދުމަށްޓަކައި، ނަމާދު އެޅުމާއި، މުޢާމަލާތުގައި އޮޅުވާލުމާއި، ދޮގުހެދުމާއި ހުތުރުބަހުން ވާހަކަ ދައްކައި ޒުވާބު ކުރުމާއި، އަނިޔާވެރިވުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ހީލަތްހެދުން ފަދަ ކަންކަމުން ދުރުހެލިވުމަށް ކުރި މަސައްކަތް އެހެން މައްސަރުތަކުގައި ވެސް ކުރަން ޖެހޭނެއެވެ.

ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ، އެމަސް ނިމުނުއިރު އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާ ނިކަމެތިވެ، ގެއްލި ހަލާކުވެއްޖެއެވެ. ރަސޫލުﷲގެ ފާނުގެ ޙަދީޘް ފުޅެއްގައި ވާރިދު ވެފައިވެއެވެ.

އެހެން ކަމުން ރަމަޟާން މަހަށް ފަހުގައިވެސް ކިޔަމަންތެރިކަމުގައި ދެމިތިބުމުގެ ތަޢުފީޤު ލިބުމަކީ ﷲ ތަޢާލާ އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރެއްވި ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ވާކަމެކެވެ. ކެއްތެރިކަމާއި އެކު ފަރްޟު ފަސް ނަމާދަށް ފަރުވާ ބެހެއްޓުމާއި، ސަޖިދާގައި ގިނަގިނައި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުންމަތީ ދެމިހުންނަށް މަސަކަތް ކުރާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.