ޚަބަރު ފީތާ

ރައީސް ޔާމީން ހދ. އަދި ށ. އަތޮޅަށް ވަޑައިގަންނަވަނީ..

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް: ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ހދ. އަދި ށ. އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެ ދެ އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި އަންގާރަ ދުވަހު ހދ. ހިރިމަރަދު އާއި މަކުނުދު އާއި ނެއްލައިދޫ އާއި ކުރިނބީއަށް ވަޑައިގެން އެ ރަށްރަށުގެ ބަނދަރާއި މަކުނުދޫގައި މިސްކިތެއް ހުޅުއްވައިދެއްވާނެއެވެ.

އަދި ބުދަ ދުވަހު ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ މަޝްރޫއު އިފްތިތާޙު ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ 2014 ވަނަ އަހަރު މަސައްކަތް ފެށި މަޝްރޫޢެކެވެ.

މި ދަތުރުފުޅާއި ބެހޭގޮތުން ރައީސް އޮފީހުން ތަފްޞީލު ހާމަކޮށްފައި ނުވާ އިރު، ރައީސް ޔާމީން ވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ފުވައްމުލަކަށް ވަޑައިގެން، ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ މަޝްރޫޢު އިފުތިތާޙު ކޮށްދެއްވާފައެވެ.

 

Rate this post