އެމެރިކާގެ މަޝްޙޫރު މޮޑެލް ބެލާ ހަދީދް އިޒްރޭލްގެ އަނިޔާވެރިކަމާއި ދެކޮޅަށް މުޒާހަރާކޮށްފި

އިސްރާއިލުން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން އިޒްރޭލާއި ދެކޮޅަށް ނިއުޔޯކް ސިޓީގައި ކުރި މުޒާހަރާގައި އެމެރިކާގެ މަޝްހޫރު މޮޑެލް ބެލާ ހަދީދް ބައިވެރިވެއްޖެއެވެ.

ނިއު ޔޯކް ސިޓީގައި ކުރިޔަށް ގެންދިޔަ މި މުޒާހަރާގައި ބައިވެރިވެ، އެ މުޒާހަރާގައި ބެލާ ހަދީދް ބައިވެރިވިއިރު، އޭނާ ވަނީ ލައިވް ވީޑިއޯއެއް މީސް މީޑިއާއަށް އާންމުކޮށްފައެވެ. މި ވީޑިއޯއިން ބެލާ ހަދީދް ފަލަސްތީނު މިނިވަން ކުރުމަށް އަޑުހަރުކޮށް ގޮވާ އަޑު އިވިގެން ދެއެވެ.

އިޝްތިހާރު Below Header ad

ބެލާ ހަދީދް އާންމުކުރި މި ވީޑިއޯގައި ޔަހޫދީން މުދައްއުކާލުމަށް ގޮވާލާފައި ވެއެވެ. އަދި މީގެ އިތުރުން މިއީ އިސްރާއިލާއި ފަލަސްތީނާއި ދެމެދުގައި އޮތް މައްސަލައެއް ނޫން ކަމަށާއި މިއީ އިންސާނިއްޔަތުކަމާ ގުޅުން ހުރި މައްސަލައެއް ކަމަށް ވެސް އެ ވީޑިއޯގައި ބެއްލާ ހަދީދް ބުނެފައިވެއެވެ.

ބެލާ ހަދީދްގެ މި ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމާއި އެކު އެގައުމުގެ ރަސްމީ ޓްވިޓާ ހޭންޑަލްއިން މި ވީޑިއޯގެ މަންޒަރެއް ޓްވީޓު ކޮށްފައިވެއެވެ. އިޒްރޭލުން އެ މަންޒަރާއި އެކު ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ބެލާ ކަހަލަ މަޝްހޫރު މީހުން ޔަހޫދީން “މޫދަށް އުކަން” ގޮވާލުމަކީ ޔަހޫދީ ދައުލަތެއް ނައްތާލަން ތާއީދުކުރުން ކަމަށެވެ.

ބެލާ ހަދީދް އަކީ ފަލަސްތީނަށް ނިސްބަތްވާ މީހެކެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ އެމެރިކާއަށް ހިޖުރަކުރަން ޖެހުނީ އޭނާގެ އާއިލާއާ އެކު ދިރިއުޅެމުން ދިޔަ ގެ 1948 ވަނަ އަހަރު ޔަހޫދީން ފޭރިގަތުމުންނެވެ. .

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.