ޚަބަރު ފީތާ

އޭޑީކޭ ހޮސްޕިޓަލްގެ އެވޯޑް ނައިޓް ބާއްވައިފި. އެންމެ ރަނގަޅު މުއައްޒަފަކަށް އެންޖެލީ..

ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިފްތިތާޙު ކޮށްދެއްވި މި އެވޯޑު ނައިޓްގައި އޭޑީކޭ ހޮސްޕިޓަލްގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަކަށް ހޮވާފައިވަނީ އެންޖެލީ ރޯސް އެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ހަފުލާގެ އަހަރުގެ އެންމެ ޚިދުމަތްތެރި މުވައްޒަފަށް 15،000ރ. ގެ އިނާމާއެކު ދެ މީހަކަށް ދުބާއީގެ ދެކޮޅު ޓިކެޓުވެސް ވަނީ ޙަވާލުކޮށްފައެވެ.

ރޭގެ ޙަފުލާގައި ގޯލްޑް އެމްޕްލޯއީ އާއި ސިލްވަރ އެމްޕްލޯއީގެ މަޤާމަށް މުއައްޒަފުން ހޮވާފައިވާ އިރު، އެއިން ކޮންމެ ކެޓެގަރީއެއްގައިވެސް އެ ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތްކުރާ 5 މުއައްޒަފުން ވަނީ ހިމަނާފައެވެ.

ގޯލްޑް އެމްޕްލޯއީ ލިބުނު މުވައްޒަފުންނަށް 7،500ރ. ގެ އިނާމެއް އަދި ސިލްވަރ އެމްޕްލޯއި ލިބުނު މުވައްޒަފުންނަށް 5،000ރ. ގެ އިނާމު ވަނީ ދީފައެވެ.

ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

ރޭގެ ހަފުލާގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން އަންނަނީ ސިއްހީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެމުން ކަމަށެވެ. އަދި މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އޭގެ ސަބަބުން މަސައްކަތުގައި ދެމިހުންނަން އިތުރު ހިތްވަރެއް ލިބޭ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މިއީ އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުއައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ނައިޓް ބާއްވަމުން އަންނަތާ 6 ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

 

Rate this post