ޣައްޒާއަށް ދޭ ޙަމަލާތައް ހުއްޓައެއްނުލާނަން: ނަތަންޔާހޫ

އިޒްރާއީލުން ޣައްޒާއަށް ޙަމަލާ ދޭން ފެށިފަހުން މިހާތަނަށް ދިން އެންމެ ވަރުގަދަ ޙަމަލާގައި މިއަދު ފަލަސްތީނުގެ 42 މީހުން ޝަހީދު ކޮށްލައި، މީހުން ދިރިއުޅޭ 3 އިމާރާތް ވަނީ ބިމާއި ހަމަކޮށްލާފައެވެ.

އިޒްރާއީލުން ޣައްޒާއަށް މިއަދު ޙަމަލާ ދޭން ފަށާފައި ވަނީ ހެނދުނުގެ ވަގުތުގައެވެ. ޓީވީއަށް ދިން ބަސްދީގަތުމެއްގައި އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ، ދެފަރާތް ސުލްޙަވެރި ކޮށް އަމަންއަމާން ކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލި ނަމަވެސް، ޣައްޒާގެ މުޖާހިދުންނާއި އޮންނަ ރުޅިވެރިކަން އެހާ ފަސޭހައިން ހުއްޓާލެވެން ނެތް ކަމަށާއި، އަދިވެސް އެންމެ ފުރިހަމަ ބާރާއެކު ޣައްޒާއަށް ދޭ ޙަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

ޣައްޒާއަށް ފާއިތުވި 7 ދުވަހު ދިން ޙަމަލާތަކުގައި މިހާތަނަށް 188 މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 55 ކުޑަކުދިންނާއި 33 އަންހެނުންނެވެ. 1200 އަށް ވުރެ ގިނަ މީހުން ޙަމަލާތަކުގައި ޒަޚަމް ވެފައިވާއިރު ވެސްޓް ބޭންކުން ވެސް 13 މީހުން ވަނީ ޝަހީދު ވެފައެވެ. މީގެއިތުރުން މީހުން ދިރިއުޅޭ އެތައް އިމާރާތަކަށާއި މީޑިއާގެ ފަރާތްތައް ބޭނުން ކުރަމުންދިޔަ އިމާރާތަކަށް ވެސް ވައިގެ ޙަމަލާދީ އެއްކޮށް ވަނީ ސުންނާފަތި ކޮށްލާފައެވެ. މިއަދު ޙަމަލާދިން އިމާރާތްތަކުގެ ތެރޭގައި ޙަމާސްގެ ލީޑަރެއް ކަމަށްވާ ޔަޙްޔާ އައްސިންވާރްގެ ގެވެސް ހިމެނެއެވެ.

ވައިގެ މަގުން ޣައްޒާއަށް ޙަމަލާތައް ދޭއިރު ރައްދުގައި ޙަމާސްއިން ވެސް ވަނީ ރޮކެޓް ޙަމަލާތަކެއް ފޮނުވާލާފައެވެ. މި ޙަމަލާތަކުގައި މިހާތަނަށް އިޒްރާއީލުން 10 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނޭކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.