ޚަބަރު ފީތާ

އިޒްރޭލުން ވަނީ 4 ދުވަސްތެރޭ ފަލަސްތީނުގެ 31 ކުޑަކުދިން ޝަހީދުކޮށްލާފަ

އިޒްރޭލުން ޣައްޒާއަށް މެދުކެނޑުމެއް ނެތި ދެމުންގެންދާ އުދުވާނީ ހަމަލަތަކުގައި ފާއިތުވި ހަތަރު ދުވަސްތެރޭ ފަލަސްތީނުގެ31 ކުޑަކުއްޖަކު ޝަހީދުކޮށްލާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާއިން ބުނާގޮތުގައި އިޒްރޭލުން ފަލަސްތީނަށް ދެމުގެންދާ އުދުވާނީ ހަމަލަތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 122 މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭގެތެރޭގައި 31 ކުޑަކުދިން ހިމެނެއެވެ. އަދި މި ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 200 މީހަކާއި ފަލަސްތީނުގެ 300 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން މިހާތަނަށް 3000 ރޮކެޓް ހަމަލާ އިސްރާއީލަށް އަމާޒުކޮށް ޣައްޒާއިން ފޮނުވާލާފައިވާކަމަށް ރިޕޯޓުގައިވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު، މިއީ 2006 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް ލިބެނޯންގެ ހިޒުބުﷲ ޖަމާއަތުން އިޒްރޭލާއި އަމާޒުކޮށް ދިން ހަމަލާއަށް ވުރެ އެތަކެއް ގުނަ އިތުރު އަދަދެކެވެ. އަދި ފަލަސްތީނާއި އިޒުރޭލުގެ ޒަމާންވީ ކުރިމަތިލުންތަކުގައި މިހާ ގިނަ އަދަދަކަށް ހަމަލާ ފޮނުވާލި ފުރަތަަ ފަހަރުވެސް މެއެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލަތަކަށް އެއްވެސް ފަސްޖެހުމެއްނެތި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ގިނަ ހަމަލާތަކެއް އިޒްރޭލާއި އަމާޒުކޮށް ފޮނުވަމުންގެންދާއިރު، އިޒްރޭލުން ބުނަމުންގެންދަނީ މި ހަމަލާތަކުގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާނެ ކަމަށެވެ.

Like
Like Love Haha Wow Sad Angry