ޚަބަރު ފީތާ

ހޯމް ކަރަންޓީނާ ޚިލާފަށް ކޯޓަށް ގޮސް ކައިވެނި ކުރި ދެމީހުން ޖޫރިމަނާ ކޮށްފި

ހޯމް ކަރަންޓީނާ ޚިލާފަށް ކޯޓަށް ގޮސް ކައިވެނި ކުރު ދެމީހުން ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެމީހުން ކައިވެނި ކުރީ ހޯމް ކަރަންޓީން ނުނިމެނީސް، ގއ. ވިލިގިނލީގައި ކަމަށެވެ. އަދި ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ ދެމީހުން ކަރަންޓީނުގެ އުސޫލާ ޚިލާފަށް ކޯޓަށް ގޮސް ކައިވެނި ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.

“ކަރަންޓީނާ ޚިލާފަށް ކައިވެނި ކުރި އެ ދެ މީހުންގެ ތެރެއިން ކޮންމެ މީހަކު ވަނީ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައި،” ފުލުހުން ބުންޏެވެ.

މި މައްސަލަ ފެންމަތިވެފައިވާ އިރު، އެރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހެއްގެ ކޮންޓެކްޓުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ނަމަވެސް ކަރަންޓީނާ ޚިލާފަށް ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހުންނާއި މި ކޭސްތަކާ ގުޅުމެއްވާ ކަމެއް ސާފެއް ނުވެއެވެ.

Like
Like Love Haha Wow Sad Angry