އިޒްރޭލަށް ވަރުގަދަ ފިލާވަޅެއް ދޭންޖެހޭ: އުރުދުގާން
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ ސިފައިން ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް ވަރުގަދަ ފިލާވަޅެއް ދޭންޖެހޭ ކަމަށް ތުރުކީގެ ރައީސް ތޮއްޔިބު އުރުދުޤާން ވިދާޅުވެއްޖެއެވެ.
އުރުދުޤާން މިހެން ވިދާޅުވީ އިޒްރޭލް އާއި ފަލަސްތީނުގެ މައްސަލައާއި ގުޅިގެން ރަޝިއާގެ ރައީސް ޕޫޓިންއަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަފުޅެއްގައެވެ.
އުރުދުޤާން ރަޝިއާގެ ރައީސް ޕޫޓިންއާއި ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް އިޒްރޭލުގެ ޒަޔަނިސްޓުން ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެބަޖެހޭ ކަމަށެވެ. އަދި މިކަމަށް ބައިނަލްއަޤުވާމީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަންވެސް ޖެހޭކަމަށެވެ. އުރުޣާން އިތުރަށް ވިދާޅުވެފައިވަނީ އިޒްރޭލުގެ ޒަޔަނިސްޓުންގެ ވަކިތަކުން ފަލަސްތީން ސަލާމަތްކުރަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި އެކަމަށް ފަހަތަށް ޖެހިވަޑައި ނުގްނަންނަވާނޭ ކަމަށެވެ.
އުރުދުޤާން ވަނީ އިޒްރޭލުގެ މި އަނިޔާވެރިކަން ކުއްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އިޒުރޭލުން ދެމުންގެންދާ ހަމަލާ ކުއްވެރިކުރާކަމަށްވެސް ވިދާޅުވެފައެވެ.
ރޮއިޓާސްއިން ޚަބަރު ފަތުރާ ގޮތުގައި ތުރުކީގެ ރައީސް ތޮއްޔިބް އުރުދުޤާން ގެންދަވަނީ ފަލަސްތީނަށް ތުރުކީގެ އާމީންގެ ފައިޖެއްވެސް ފޮނުވުމަށް ތައްޔާރުވަމުންނެވެ. އުރުދުޤާން ވަނީ އިޒްރޭލަށް ހަމަލާދިނުމަށް އެގައުމުގެ ހަނގުރާމަ މަތީ ފައުޖެއް ފަލަސްތީނަށް ފޮނުވާނެ ކަމަށް ޔޫއެންގެ މެމްބަރު ގައުމުތަކަކަށާއި ޔޫއެން ސެކިއުރިޓީ ކައުންސިލަށް ވެސް އަންގާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
ތުރުކީ އަކީ މުސްލިމް ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އިޒްރޭލްއާއި އެކު ގުޅުން ޤާއިމްކޮށްފައިވާ ހަމަ އެކަނި ގައުމެވެ. މި ދެ ގައުމުގެ ގުޅުން ގާއިމްކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 1949 ވަނަ އަހަރުއެވެ. ނަމަވެސް މި ގުޅުމަށް ހީނަރުކަންއައިސް ތުރުކީން އިޒްރޭލާއި އެކު އޮތް ގުޅުން ކަނޑާލީ ގާޒާއަށް އެހީ ހިފައިގެން ދިޔަ ތުރުކީގެ ބޯޓުތަކަށް އިޒްރޭލް ސިފައިން ހަމަލާދީ އެތައް ބަޔަކު މަރާލުމާއި ގުޅިގެން 2010 ވަނަ އަހަރުގައެވެ.