ސަޢޫދީން އެޤައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ފުޅާކުރާނެބާ؟

ރިޔާޒް ކައިރީގައި ހުރި ސަޢޫދީ މިސައިލް މަރުކަޒެއް ފުޅާކުރަމުންދާކަން ހާމަވުމާ ގުޅިގެން ޗައިނާއާ އެކު އެޤައުމުން ބާއްވާ އަސްކަރީ ގުޅުމަށާއި އީރާނާ ދެމެދު އޮތް ވާދަވެރިކަމަށް ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

ޔަމަނުގެ ހޫތީންގެ ފަރާތުން ކުރިމަތިވަމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކާ ގުޅިގެން ޗައިނާގެ ފަރުމާތަކަށް ބިނާކޮށްފައިވާ ބެލިސްޓިކް މިސައިލްތަކުގެ މިންވަރު ސަޢޫދީން އިތުރުކުރަމުންދާ ކަމަށް ބެލެވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމެރިކާގެ ދިރާސާވެރިން ތަހުލީލުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުގައި ރިޔާޒް ޕްރޮވިންސްގެ އަލް-ދުވާދިމީގައި ހުރި ބެލިސްޓިކް މިސައިލް ކާރުޚާނާ ސަޢޫދީން ދަނީ ފުޅާކުރަމުންނެވެ.

މިއީ ބޮޑެތި ބަރުދަންތައް އުފުލޭ ދުރު ރާސްތާއަށް ދަތުރުކުރާ ސޮލިޑް-ފިއުލް މިސައިލްތައް އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެ އެވެ.

2022 ވަނަ އަހަރުން ފެށިގެން އދ. މެދުވެރިވެގެން ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސް ޖުލައި މަހުން ފެށިގެން ސަޢޫދީއާއި އީރާނަށް ތާއީދުކުރާ ހޫތީންނާ ދެމެދު ކުރެވޭ ހަނގުރާމަ ވަނީ ވަރުގަދަވެފަ އެވެ.

ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ބަނދަރުތަކާއި އެއާޕޯޓްތައް ސަޢޫދީން ބަންދުކޮށްފައިވާ ކަމަށް ބުނެ އޭގެ ބަދަލުހިފުމުގެ ގޮތުން އެޖަމާއަތުން ދަނީ ސަޢޫދީގެ ސިޓީތަކަށާއި އެއާޕޯޓްތަކަށް އަދި ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ މިސައިލް އަދި ޑްރޯން ހަމަލާތައް އިތުރުކުރަމުންނެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ހޫތީންނާ އެކު އަލުން ފެށުނު ކުރިމަތިލުންތަކުގެ ސަބަބުން ސަޢޫދީގެ ހަތިޔާރުގެ ގުދަނަށް އޮތް މުހިންމުކަން ވަނީ ބޮޑުވެފަ އެވެ.

ޗައިނާގެ އެހީތެރިކަމާއެކު ސަޢޫދީ ޢަރަބިއްޔާއިން އަމިއްލައަށް ބެލިސްޓިކް މިސައިލް އުފެއްދުމުގެ މަސައްކަތް 2021 ވަނަ އަހަރު ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު މިފަދަ ހަތިޔާރުގެ މުއާމަލާތްތަކުގައި ބެއިޖިންގާއެކު އޮންނަ ގުޅުމަށް އެތައް އަހަރެއް ވަނީވެފަ އެވެ.

1980 ގެ އަހަރުތަކުގައި ރޯޔަލް ސަޢޫދީ ސްޓްރެޓީޖިކް މިސައިލް ފޯސް އުފެއްދިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެންމެ ފުރަތަމަ ބެލިސްޓިކް މިސައިލް ހޯދުމަށް ސަޢޫދީން އެދުނީ ޗައިނާގަ އެވެ.

އެ ދުވަސްވަރު ޗައިނާއިން ވަނީ 2,000 މޭލަށްވުރެ ދުރު ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ހުރި ނަމަވެސް އަމާޒަށް ވާސިލުވުމުގެ ސައްހަކަން ކުޑަ DF-3 މަރުކާގެ މިސައިލްތައް ސަޢޫދީއަށް ފޯރުކޮށްދީފަ އެވެ.

އޭގެ ފަހުން 2007 ވަނަ އަހަރު އަމާޒަށް ވާސިލުވުމުގެ ސައްހަކަން ބޮޑު މެދު ރާސްތާގެ DF-21 ބެލިސްޓިކް މިސައިލްތައް ސަޢޫދީން ހޯދާފައިވާ ކަމަށް ރިޕޯޓްތައްބުނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޔަމަނުން ފެނުނު މިސައިލް ބައިތަކުން އެނގޭ ގޮތުގައި ސަޢޫދީން ވަނީ ކުރު ރާސްތާގެ DF-15A ބެލިސްޓިކް މިސައިލެއް ބޭނުންކޮށްފަ އެވެ.

މިއީ ޗައިނާގެ ފަރުމާއަށް ތައްޔާރުކޮށްފައިވާ މިސައިލެއް ހަނގުރާމައެއްގައި އެޤައުމުން ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށް ވުން އެކަށީގެންވެ އެވެ.

އާމިނާ މަހްވަރު (އާމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑޭޓާ ޕްރޮޖެކްޓްގެ ސީނިއާ އެނަލިސްޓް) ވިދާޅުވި ގޮތުގައި މި ފުޅާކުރުންތަކުން ދޭހަވަނީ އަސްކަރީ ގާބިލުކަން އެކި ދާއިރާތަކުން ކުރިއެރުވުމަށް ސަޢޫދީން ގެންގުޅޭ ފުޅާ ސިޔާސަތެވެ.

”އެމެރިކާއިން ފޯރުކޮށްދޭ ކުރިއަރާފައިވާ މަތިންދާބޯޓުތަކާއި ދިފާއީ ނިޒާމުތަކަށް ރިޔާޒުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާއިރު ޗައިނާގެ ފަރުމާގެ ބެލިސްޓިކް މިސައިލްތަކަކީ މަތިންދާބޯޓުތައް ދިފާއީ ނިޒާމުތަކުގެ ނުރައްކަލަށް ހުށަހެޅުމެއް ނެތި ދުރު ރާސްތާގެ ހަމަލާތައް ދިނުމަށް ލިބޭ އިތުރު ބާރެއް“ މަހްވަރު  ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޤައުމުގެ އެތެރޭގައި މިސައިލް އުފެއްދުން ފުޅާކުރުމަކީ ހަމަލާދިނުމުގެ ގާބިލުކަން ސަޢޫދީގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށާއި ބޭރު ޤައުމުތަކުން ތަކެތި ފޮނުވާނެ ދުވަހަކަށް ބަރޯސާވުން ކުޑަކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.