އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށްފި އެވެ.

އެ ޕާޓީން ބުނީ މިގޮތަށް ނިންމީ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އެމަނިކުފާނަށް ފަރުވާދެމުން ގެންދާތީ ކަމަށެވެ. އަދި މިވަގުތުގައި އިންތިޚާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އެ އިންތިޚާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ ކަމަށެވެ.

އިޝްތިހާރު Below Header ad

އެމްޑީޕީން ބުނީ ދާއިރާތަކުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިޢުލާނު ކުރާނެ ކަމަށެވެ.

އިންތިޚާބު ފަސްކުރި ނަމަވެސް، އިންތިޚާބާ ގުޅޭގޮތުން ޕާޓީން މިވުގަތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

މި އިންތިޚާބު ބާއްވަން ކުރިން ތާވަލުކޮށްފައި އޮތީ މި މަހު 29 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.