ޑިފެންސް މިނިސްޓަރ އިސްތިއުފާ ދެއްވުމަށް އުމަރު ނަސީރު ގޮވާލައްވައިފި

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ގޮވާލައްވައިފި އެވެ.

ޢުމަރު މިފަދައިބް ގޮވާލެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު މިނިސްޓަރ މާރިޔާއަށް ދެއްވިކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދަލުވެފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އިޝްތިހާރު Below Header ad

އުމަރު ވިދާޅުވީ މިނިސްޓަރ މާރިޔާއަށް މަޢުލޫމާތު ލިބި، އެކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވާ، ރައީސް ނަޝީދަށް ހަމަލާ އެއް ދެވުމަކީ މިނިސްޓަރގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

“އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް. މި ފަދަ ސީރިއަސް އިހުމާލުތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ.” އުމަރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވަނީ މެއި 06، 2021 ވަނަ ދުވަހުގެ ރެ އެވެ.

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ދިން ހަމަލާއާ ގުޅޭ މަޢުލޫމާތު އިލްޔާސްއަށް ކޮންމެވެސް މިންވަރަކަށް ލިބިފައިވާކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުންނާއި، އަދި ޑިފެންސް މިނިސްޓަރ މީޑިޔާގައި ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން އިލްޔާސް ނެރުއްވި ބަޔާނުގައިވަނީ އިލްޔާސް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާ ކަމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ދެއްވި ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާދިން މައްސައްލައިގެ ތަޙްޤީޤަށް ދޭންޖެހޭ މަޢުލޫމާތު މިހާރުވެސް ދެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އާއިގުޅިގެން 4 މީހަކަށް ޝައްކު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވާ އިރު، މިހައިތަނަށް ހައްޔަރުކޮށްފައިވަނީ 3 މީހުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.