ތ. ގުރައިދޫއަށް އަރާ ފޭބުން މަނާކޮށްފި
ތ. ގުރައިދޫއަށް އަރާ ފޭބުން މަނާކޮށްފި އެވެ.
އެރަށް އަރާ ފޭބުން މަނާކޮށް މޮނިޓަރުންގ އަށް ލާފައި މިވަނީ ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވުމުން ނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގުރައިދޫން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ ރަށުން ޑޮކްޓަރަށް ދެއްކުމަށް ލާމު އަތޮޅަށް ދިޔަ 5 މީހުންގެ ތެރެއިން ހަތަރު މީހެކެވެ.
ގުރައިދޫ ކައުންސިލުން ބުނީ އެ ރަށުގައި އޮތް ބޯޓެއްގެ ބިދޭސީއަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ގުރައިދޫ މޮނިޓަރިންގ އަށް ލާފައިވާ އިރު، ނ. ކެނދިކުޅުދޫ ވެސް މިއަދު ވަނީ މޮނިޓަރިންގ އަށް ލާފަ އެވެ.
މާލޭގައި ކޮވިޑު ޖެހޭ މީހުން ދުވަހެއް ދުވަހެއް އިތުރަވަމުން ގޮސް ދުވާލަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު 1000 އިން މަތީގައި ހުރި އިރު ރާއްޖޭގެ ގިނަ ރަށްތަކަކުން ވެސް ކޮވިޑްގެ ބަލި މީހުން އަންނަނީ ފެންނަމުންނެވެ.