ޚަބަރު ފީތާ

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމްއެންޑީއެފް އިން ހޯދައިފި

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން  އެމްއެންޑީއެފް އިން ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެމްއެންޑީއެފް ޓީމުން ހޯދީ ފައިނަލުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 46 ޕޮއިންޓް 32 ޕޮއިންޓުންނެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއާ އަކަށް ހޮވުނީ އެމްއެންޑީއެފްގެ ލަޔާން އަލީ ރަޝީދު އެވެ.

މި މުބާރާތުގެ ތިންވަނަ ހޮވި މެޗުން މޮޅުވެ މުބާރާތުގެ ތިންވަނަ މަގާމު ހޯދާފައިވަނީ އާސަންދަ ޓީމުންނެވެ. އާސަންދަ ޓީމަށް ތިންވަނަ ލިބުނީ ހައުސިންގް މިނިސްޓްރީ އާއި ވާދަކޮށް 30 ޕޮއިންޓް 22 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މެޗުގެ މޮޅު ކުޅުންތެރިއާ އަކަށް ހޮވުނީ އާސަންދަ ޓީމުގެ ފާތިމަތު ނައުފާ އެވެ.

މި މުބާރާތް ނިމިގެންދިޔައިރު ވަނީ މިމުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ މޮޅު 7 ކުޅުންތެރިންވެސް ހޮވާފައެވެ. އެގޮތުން މި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެމްއެންޑީއެފްގެ ލަޔާން، އާއި ހަމަ އެޓީމުގެ އަމީނާ، އާއި ޝިފްލާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އީމާ އަބްދުލް ސައްތާރު އާއި އާޒިނާ އަބްދުލް މަތީން އާއި އާސަންދަ އޮފީހުގެ ފާތިމަތު ނައުފާ ގެ އިތުރުން  ހައުސިންގް މިނިސްޓްރީގެ އައިޝަތު ހަނާން އެވެ.

Rate this post