ސަރުދާރު ދޮންމަނިކު 93 އަހަރުގައި އަވަހާރަ ވެއްޖެ

ދިވެހި ފައިސާގެ ނޫޓްތައް ކުރެއްސެވުމުގެ ޝަރަފު ލިބިވަޑައިގެންފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) ޢުމުރުން 93 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ދިވެހި ފައިސާގެ ނޫޓުތައް ކުރެއްސެވުމުގެ ޝަރަފް ލިބިވަޑައިގެންނެވި ސަރުދާރު ދޮންބެ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު އެވެ.

އިޝްތިހާރު full width ad 1200 x 150

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ އާދައިގެ ހާލުކޮޅެއްގައި އޮންނެވުމަށް ފަހު، ނޭވާލުމަށް އުނދަގޫވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދެމުންދަނިކޮށެވެ.

މިދިޔަ 2020 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކޮވިޑް ފެތުރުނުތަނާ، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އަދި އޭނާ އޭރު ހިމެނުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރާއްޖޭން އެ ބަލިން ރަނގަޅުވި އެންމެ ދުވަސްވީ މީހުންގެ ތެރޭގަ އެވެ.

ކުރެހުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިލައްވާފައިވާ ސަރުދާރު ދޮންބެ ކުރެއްސެވުމުގެ ތެރެއަށް ވަންނަވާފައިވަނީ އުމުރުގެ ވަރަށް ޒުވާން ދުވަސްވަރުން ފެށިގެން ނެވެ.

1996 ވަނަ އަހަރު ސަރުކާރުން ދެއްވި އާންމު ޚިދުމަތުގެ އިނާމާ ބެހޭ ތަފްސީލްގައިވާ ގޮތުން އޭނާއަކީ ބޮޑެތި ތަސްވީރުތައް ކުރެއްސެވުމާއި ގިޑިގެ ޑިޒައިން ކުރެއްވުން ފަދަ މަސައްކަތްތައް ފުރިހަމައަށް ކުރައްވާ ބޭފުޅެކެވެ.

މީގެ އިތުރުން، ބޮއްޔާއި، މަހުގެ ކައްޓާއި، މަހުގެ ހަމުން އެއްޗިހި ހެދުން ހިމެނެ އެވެ. އަދި ސްޓެންސިލްގައި ކުރަހައިގެން ނޫސްމަޖައްލާ ނެރުނު ދިގު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައް ވެސް ހިމެނޭ ކަމަށާއި އޭނާ އަކީ ގިނަ އަހަރުތަކެއް ވަންދެން މުޅި ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު ކުރެހުންތެރިޔާ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާއަކީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާ ޑިޒައިންތަކުގެ ނޫނު ކުރެހި ކުރެހެންތެރިޔާ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.