ކޮވިޑް 19ގެ ބަލިމަޑުކަމުން ހާމަވީ އެންމެ މުހިއްމު އެއް ކަމަކީ ނަރުހުންގެ މުހިންމުކަން: އައިޖީއެމްއެޗް

ކޮވިޑް 19 ގެ ބަލިމަޑުކަމުން ހާމަވީ އެންމެ މުހިއްމު އެއް ކަމަކީ ސިއްހީ ޚިދުމަތްތެރީން، ޚާއްސަކޮށް ނަރުހުންގެ މުހިންމުކަން ކަމުގައި އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބާގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާއެކު ރާއްޖޭގައި ދުރާލާ މިކަމަށް ތައްޔާރުވުމަށް ޑޮކްޓަރުނާއި ނަރުހުން ތައްޔާރު ކުރުމަށްޓަކައި ކޮންޓިނިއަސް ކްރިޓިކަލް ކެއަރ ޓްރެއިނިންގ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އާންމުން ވިހާވެސް ބޮޑަށް މިކަމަށް ހޭލުންތެރިކޮށް، ޑޮކްޓަރުންނާއި އެއްސަފެއްގައި ފަރުވާކުރުމުގައި ހަރަކާތްތެރި ވެފައިވަނީވެސް އެ ހޮސްޕިޓަލުގެ ހީވާގި ނަރުހުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އައި.ޖީ.އެމް.އެޗްގައި 787 ނަރުހުން މަސައްކަތްކުރާއިރު، މީގެ ތެެރެއިން 122 ނަރުހުންވަނީ ކޮވިޑް 19 ޕެންޑެމިކްއާއި ގުޅިގެން އެކި ކޮވިޑް ފެސިލިޓީތަކަށާއި ފުލޫކްލިނިކުތަކަށް ވީއްލާފައި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އައި.ޖީ.އެމް.އެޗްގެ ނަރުހުންގެ ތެރެއިން 93 އިންސައްތައަކީ އަންހެން ނަރުހުން އަދި 7 އިންސައްތައަކީ ފިރިހެން ނަރުހުން ކަންވެސް ވަނީ ފާޙަގަ ކޮސްފަ އެވެ.

މީގެ އިތުރުން ކޮވިޑް 19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ނަރުހުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެފަރާތްތަކުން އިންސާނިއްޔަތައްޓަކައި ވަމުންއަންނަ ގުރުބާނީއަކީ ތައުރީފު ހައްގުވާ ޚިދުމަތެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ނަރުހުންގެ ޝައުގާއި މަސައްކަތަށްހުރި ޖޯޝަކީ މި ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށް ލިބިދޭ އިތުރު ހިތްވަރެއްކަން ކަށަވަރު ކަމަށް ވެސް ބުނެފައި ވެއެވެ.

ނަރުހުންނަކީ ސިއްހީ ދާއިރާގެ އެންމެ މުހިއްމު އެއް ތަނބު ކަމަށާއި ރައްޔިތުންގެ ޚިދުމަތުގައި ސާބިތުކަމާއެކީ މިހޮސްޕިޓަލުގެ ނަރުހުން ތިބޭނެކަމީ ޝައްކެއްއޮތް ކަމެއްނޫން ކަމަށް ވެސް އައިޖީއެމް ހޮސްޕިޓަލުން ބުނެއެވެ.

މި ފުރުސަތުގައި ނަރުހުން ގައުމަށް ކޮށްދޭ ބުރަ މަސައްކަތް ފާހަގަކޮށް އައި.ޖީ.އެމް.އެޗްގެ މެނޭޖްމަންޓުގެ ނަމުގައި އެފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

2021 މެއި 10 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭ ދުވަހެވެ. މި އަހަރުގެ ޝިއާރަކީ ‘ނަރސަސް: އަ ވޮއިސް ޓު ލީޑް – އަ ވިޝަން ފޮރ ފިއުޗަރ ހެލްތްކެއަރ’ އެވެ.

މި ޝިއާރުން ހާމަކޮށްދެނީ ސިއްހީ ދާއިރާގައި ނަރުުހުންގެ މުހިންމުކަމާއި، ގުރުބާނީތަކާއި، ސިއްހީ ދާއިރާގެ މުސްތަގުބަލު ބައްޓަންކޮށް ކުރިއެރުވުމުގައި ނަރުހުން އިސްދައުރެއް އަދާކުރާނެކަމެވެ.

މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ސިއްހީ ދާއިރާގައި ނަރުހުންގެ މުހިއްމުކަން ހާމަކޮށް، އެ ފަރާތްތަކުން  ކޮށްދެއްވަމުން އަންނަ އަގުހުރި މަސައްކަތްތަކާއި ގުރުބާނީތަކުގެ އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމަށެވެ.

ނަރުހުންގެ ޒިންމާތަކާއި މަސައްކަތްތައް ނުހަނު ގިނައެވެ. އެކި ބަލިތަކުގައި ހޮސްޕިޓަލަށް ދުރުވާ ފަރާތްތަކުގެ ބަލީގެ އަލާމާތްތައް ރެކޯޑުކުރުމާއި، ފާރުތަކުގައި ބޭސްއެޅުމާއި، އެނދުމަތިކުރެވޭ ބަލިމީހުންގެ ބޭސްފަރުވާ ރޭވުމުގައި އެހީވުމާއި، ގަޑިން ގަޑިއަށް ބަލިމީހުންނަށް ބޭސްދީ މޮނިޓަރކޮށް އެނދުމަތިވެފައިވާ ބަލި މީހުން ސާފުކުރުން ހިމެނެއެވެ.

މީގެ އިތުރުން އެކި ސާމްޕަލްނެގުމާއި، ޓެސްޓުތަކާއި ސާޖަރީތަކުގައި އެހީވުމާއި، ބަލިމީހުންނަށް ސިއްހީ މައުލޫމާތުދިނުން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.