އަލްބާ އާއި ޕީކޭ އަށްވެސް އަނިޔާގެ މައްސަލަ ކުރިމަތިވެ ކުޅުމާއި ދުރައް !

އަނިޔާގެ ސަބަބުން ބާސެލޯނާގެ ޑިފެންޑަރު ޔޯޑީ އަލްބާ އާ ޖެރާޑް ޕީކޭ ދުވަސްކޮޅަކަށް ކުޅުމާއި ދުރައްދާ ޖެހިއްޖެއެވެ.

ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްބާ ދެހަފްތާގެ މުއްދަތަކަށް ކުޅުމާއި ދުރައްދާން ޖެހިފައިވާކަމަށާއި އަދި ޖެރާޑް ޕީކޭ ތިން ހަފްތާއަށް ޖެހިފައިވާކަމަށެވެ..

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަލްބާ އަދި ޕީކޭ އަށް އަނިޔާވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ބާސާގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މި ދެކުޅުންތެރިންނަށް އަނިޔާވެފައިވާއިރު މި ދެ ކުޅުންތެރިންނަށް މުހިއްމު ބައެއް މެޗުތައް ގެއްލިގެން ދާނެއެވެ.

އެގޮތުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ބާސާއިން ކުޅޭ ދެވަނަ ލެގުގެ މެޗުގައި މި ދެކުޅުންތެރިންނަށް ނުކުޅެވޭނެއެވެ. މީގެއިތުރުން ލީގުގައި މިރޭ ވެލެންސިއާ އާއި ބައްދަލުކުރާ މެޗާއި ގްރެނާޑާ ގެ އިތުރުން ސެވިއްޔާ އާއި ދެކޮޅަށް ބާސާ ކުޅޭ މެޗުގައި މި ދެކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.

މިރޭ ބާސާ އާއި ވެލެންސިއާގެ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 19:15 ގައެވެ. މި މެޗު ކުޅޭނީ ވެލެންސިއާގެ ދަނޑުގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.