ކޮބާ ފިތުރު ޒަކާތް ދައްކައިފިންތަ؟ މާދަމާގެ ނިޔަލަށް މުއްދަތު ހަމަވޭ، !

ބަރަކާތްތެރި ރަމަޟާން މަސް މުސްލިމުންނާ ބައްދަލު ކުރާއިރު އެއާ ވިދިގެން ދެން ކުރެވޭ އަނެއް އަޅުކަމަކީ ޒަކާތް ދެއްކުމެވެ. އިސްލާމްދީނުގެ ފަސް ރުކުންގެ ތެރެއިން ނަމާދާއި ވިދިގެން އޮންނަ ރުކުނެވެ. އިސްލާމްދީނަކީ ހަމަހަމަ ކަމަށް ގޮވާލާ ދީނަށްވެފައި ފަޤީރުންނަށް އަޅާލާ އޯގާތެރިވުމަށްވެސް ގޮވާލާ ދީނެވެ. ޒަކާތުގެ މަޤުޞަދަކީވެސް އެއީއެވެ.

ޒަމާނާ އެއްގޮތަށް ޒަކާތް ދެއްކުންވެސް މިދަނީ ބަދަލުވަމުންނެވެ. ރާއްޖޭގައި އެރަށެއްގެ ކައުންސިލުން ޒަކާތުގެ ކަންކަން ބަލަހައްޓަމުން އަންނައިރު ދިމާވެފައިވާ ކޮވިޑް ރޯގާއާއި ގުޅިގެން ކައުންސިލްތަކުންވެސް ޒަކާތް ބަލައިގަތުން މިވަނީ އޮންލައިންކޮށްލާފައެވެ. އެރަށެއްގެ ކައުންސިލްގައި އެކަމަށް ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާ ކުރުމަށްފަހު ހަމަޖެހިފައިވާ ނަމްބަރަށް ސްލިޕްކޮޅު ވައިބަރ ކޮށްލުމުން ނިމުނީއެވެ. ފައިސާ ޖަމާކުރާއިރު ކޮން ގެއެއްކަމާއި ޒަކާތް ދައްކަނީ ކޮން ބާވަތަކަށް ޖެހޭ ފައިސާކަމާއި ކިތައް މީހުންކަން ހިމެނުމުން ނިމުނީއެވެ. ކައުންސިލުން އެ ފައިސާ ލިބުނުކަން އަންގައިދޭ ސްލިޕްކޮޅު ޒަކާތް ދެއްކި ފަރާތަށް ފޮނުވާނެއެވެ.

އިޝްތިހާރު Below Header ad

މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ މުއްދަތު މާދަމާ އަށް ހަމަވާނެއެވެ. މިކަން ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީންވެސް ހަނދާންކޮށްދީފައެވެ.

އެގޮތުން މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާލެ ސަރަހައްދުގައި މާދަމާ ހަވީރު 6:00 އަށް ހަމަވާއިރު، އަތޮޅު ތެރޭގައި ޒަކާތް ބަލައިގެންނަ މާދަމާގެ އެންމެ ފަހު ވަގުތު ކަނޑައަޅަނީ އެ ރަށެއްގެ ރަށު ކައުންސިލުންކަމަށް މިނިސްޓްރީން ބުނެއެވެ.

ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތު މިރޭގެ ނިޔަލަށް އޮންނާނެއެވެ. ގޮވާމުން ޒަކާތް ބަލައިގެންނަމުން ދަނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި އެވެ. ގޮވާމުން ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންނަމުންދަނީ ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ ގޮވާމެވެ.

މިއަހަރުގެ ފިތުރު ޒަކާތަށް ބޮލަކަށް ނެރެން ވާ މިންވަރު

އާދައިގެ ހަނޑޫ – 13 ރުފިޔާ (ފާއިތުވި އަހަރު 12ރ.)

ތައިލޭްންޑު ހަނޑޫ – 48 ރުފިޔާ (ފާއިތުވި އަހަރު 40ރ.)

ބާސްމަތީ ހަނޑޫ – 82 ރުފިޔާ (ފާއިތުވި އަހަރު  80ރ.)

ރަތް ހަނޑޫ – 115 ރުފިޔާ (ފާއިތުވި އަހަރު 115ރ.)

އާދައިގެ ފުށް – 10 ރުފިޔާ (ފާއިތުވި އަހަރު 10ރ.)

އާޓާ ފުށް – 61 ރުފިޔާ (ފާއިތުވި އަހަރު 55ރ.)

ފައިސާއިން ޒަކާތް ދެއްކުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް އޮންނައިރު، މާލެ ސަރަހައްދުގައި ފައިސާއިން ޒަކާތް ބަލައިގެންނަމުންދަނީ އޮންލައިންކޮށެވެ. ފައިސާއިން ޒަކާތް ދައްކާ މީހުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ ރަށެއްގައި 2.4 ކިލޯގެ ގޮވާމަށްވާ ފައިސާ އެވެ. ފައިސާއިން ފިތުރު ޒަކާތް ބަލައިގެންނަމުންދަނީ އޮންލައިންކޮށް، ދިރާގު، އުރީދޫ، ބީއެމްއެލް، ،ފަހިޕޭ އަދި އެމްއައިބީ މެދުވެރިކޮށެވެ.

ފިތުރު ޒަކާތަކީ އިސްލާމް ދީނުގެ ހަތަރު ވަނަ ރުކުނެވެ. ފިތުރު ޒަކާތް ދެއްކުމަކީ ރޯދަ މަހުގެ އެންމެ މުހިންމު އެއް ބައެވެ.

ނަމާދަށްފަހު ދެން އޮތް ރުކުނަކީ ޒަކާތްދިނުންކަމުގައި ވީހިނދު އެކަމުގައި ފަރުވާ ކުޑަ ނުކުރަމާ ހިންގަވާށެވެ. ޒަކާތް ނުދެއްކިވާނަމަ އަވަސްވެ ލައްވާށެވެ. ގޭގައި ހުރެގެންވެސް އެކަން ކޮށްލެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.