ޚަބަރު ފީތާ

މެންބަރު މުހައްމަދު ވަހީދު އާއި މެންބަރު ސުޖާއު ޕީޕީއެމްގެ ކައުންސިލުން ވަކިކޮށްފި

ފޮޓޯ: ވަގުތުއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ޕީޕީއެމްގެ ކައުންސިލުން މިއަދު ވަކިކޮށްފިއެވެ.

ސުޖާއު އާއި ލޯޔަރު ވައްޑޭ ޕީޕީއެމްގެ ކައުންސިލުން ވަކިކުރަން ނިންމީ އެ ޕާޓީގެ ސުލޫކީ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި އެ ކޮމެޓީގައި ހިމެނޭ ފަސް މެންބަރުންގެ އިއްތިފާޤުންނެވެ.

ޕީޕީއެމްގެ ކައުންސިލުން ވައްޑޭއާއި ސުޖާއު ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމާފައިވާއިރު ރައީސް މައުމޫން ވަނީ އެ ދެބޭފުޅުން އެމަނިކުފާނު ހިންގަވާ ފެކްޝަނުގެ ހިންގާ ކޮމެޓީގެ މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައެވެ.

 

Rate this post