ބީޖީ އަތުން ބަލިވެ ވިކްޓަރީ ރެލިގޭޝަނަށް.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު ބީޖީ ސްޕޯޓްސް އަތުން ބަލިވެ ވިކްޓްރީ ސްޕޯޓްސް ކުލަބު ރެލިގޭޝަންގެ ޕްލޭއޮފްގައި ކުޅެން ޖެހިއްޖެއެވެ.

މިއަދުގެ މެޗުން ބީޖީ ސްޕޯޓްސް އަތުން ވިކްޓަރީ ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ލީގް ތާވަލުގެ އެންމެ ފުލުގައި އޮތް ބީޖީއާ ދެކޮޅާށް މިއަދު ކުޅުނު މެޗްގައި އެޓީމުވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވިކްޓްރީ އަށްވުރެ ގިނަ ހަމަލާތައް އުފެއްދީ ވެސް ބީޖީންނެއެވެ.

މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު ބީޖީން ތިންޕޮއިންޓް ކަށަވަރުކުރި
ހަމައެކަނި ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކިންގްސްލީއެވެ
ރެލިގޭޝަންގައި ވިކްޓްރީ ކުޅެން ޖެހޭނީ ދެވަނަ ޑިވިޒަނުގެ ފައިނަލްގައި ކުލަބު ޒެފްރޯލް އާއި ގްރީން ސްޓްރީޓް ބައްދަލު ކުރާ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ. ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ކަން ހޯދާ ޓީމަށް އަންނަ އަހަރު ފުރަތަމަ ޑިވިޝާނުން ޖާގަ ލިބިގެންދާނެއެވެ.

ވިކްޓްރީ ވަނީ 2013 ވަނަ އަހަރު ވެސް ރެލިގޭޝަން ކުޅެފައެވެ. ވިކްޓްރީ ސަލާމަތްވީ އޭރު ލީގްގެ އެންމެ ފުލަށް ދިޔަ ވީބީ އައްޑޫއެފްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.