ކޮވިޑް 19: ރަށް މޮނިޓަރިންއަށް ލުމާއި ގުޅިގެން ނ. އަތޮޅު ތަޢލީމީ މަރުކަޒުގެ ރަސްމީ ކިޔެވުން ނުބާއްވަން ނިންމައިފި!

ނ. ވެލިދޫގައި ތިބި ފަތުރުވެރީންގެ ތެރެއިން 16 ފަރާތެއް ކޮވިޑް 19 އަށް ފައްސިވުމާއި ގުޅިގެން 2021، މެއި 7 ވަނަ ދުވަހު ވަނީ އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އަދި މާލޭގައި ހުރި ކޮވިޑަށް ފައްސިވެފައިވާ މީހަކާއި ގާތުން ބައްދަލުވެފައިވާ ފަރާތެއް އެރަށުގައި ކަރަންޓީނުގައި ހުއްޓާވެސް ވަނީ ކޮވިޑަށް ފައްސި ވެފައެވެ.
މިކަމާއި ގުޅިގެން މިއަދު އެރަށު ސުކޫލުކަމުގައިވާ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން، 9 މެއި 2021 އިން ފެށިގެން، ރަށް މޮނިޓަރިންހެ ޙާލަތުން ނަގަންދެން ، ރަސްމީކޮށް ނޯންނާނެ ކަމުގައި އެ ސްކޫލުން އަންގައިފިއެވެ. ނަމަވެސް ކޭމްބްރިޖް އައި. ޖީ. ސީ. އެސް. އީ އޯލެވެލް އަދި އެސް. އެސް. ސީ އިމްތިޙާނު ތާވަލު ކުރެވިފައިވާ ފަދައިން ކުރިއަށް ގެންދާނެ ކަމުގައި އަންގާފައި ވެއެވެ.
މީގެ އިތުރުން ކީ ސްޓޭޖު 3، 4 (ގްރޭޑް 7، 8، 9) ގެ ދަރިވަރުންގެ ދެވަނަ ސެމިސްޓަރގެ އިމްތިޙާނުތައްވެސް ތާވަލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެދަރިވަރުންގެ މާއްދާ ސިލަބަސްތައް ނިމިފައިވާ މިންވަރު ބަލައި، އިތުރަށް ވަގުތު ބޭނުންވާ މާއްދާތަކުގެ އިތުރު ކްލާސްތައް ރޭވައި، ބެލއނިވެރިންނާއި ޙިއްސާކުރުމަށް ވަނީ ނިންމާފައެވެ.

މޮނިޓަރިންގެ ޙާލަތު ދިގުލައިގެން ދާނަމަ، ކީ ސްޓޭޖް 1، 2 (ގްރޭޑް 1،2،3،4،5،6) ގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ގެންދިއުމަށް ތާވަލުކޮށް ބެލެނިވެރިންނާއި ޙިއްސާ ކުރާނެކަމުގައި އެ ސްކޫލުން ވަނީ އަންގާފައެވެ.
ވެލިދޫއަކީ ނ. އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު ރަށްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.