ރައީސް ޔާމީނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި

ރައީސް ޔާމީނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.

އެ ޕާޓީން މިހެން ގޮވާލާ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް  ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޓެރަރިސްޓް ހަމަލާއެއް ދީ، ގޮއްވާލުމަށް ގޮވާލާ އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެ ޝާއިޢުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.

އިޝްތިހާރު Below Header ad

” މިފަދަ ނުރައްކާތެރި ޢަމަލު ހިންގުމަށް ގޮވާލާ، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި އެފަދަ ފަރާތްތައް މުޖުތަމަޢު ތެރެއަށް ދޫވެފައި ތިބުމަކީ ޤައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވެގެން ހިންގައިދާނެ ކަންކަން ކަމުގައި މިކޯލިޝަނުން ދެކެން. ހަމައެއާއެކު މިފަދަ ނުރައްކާތެރި ޓެރަރިސްޓް ޢަމަލުތައް ހިންގުމަށް ގޮވާލާ ފަރާތްތަކުން އެކަން ކުރަނީ ކޮންމެ ފަދަ މަޤްޞަދެއްގައި ކަމުގައިވީނަމަވެސް، އެފަދަ މައްސަލަތަކަކީ ކުދި ކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެނަމަ، އެފަދަ ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ލިބި އެފަދަ ނުރައްކާތެރި ޢަމަލުތައް ރާއްޖޭގައި ހިންގުމުގެ ފުރުޞަތު އިތުރުވެގެންދިއުމަކީވެސް އެކަށީގެން ވާ ކަމެއް.” ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޕާޓީގެ ބަޔާނުގައި އިތުރަށް ބުނީ ރައީސް ޢަބްދުﷲ ޔާމީން ޢަބދުލްޤައްޔޫމް ގޭގައި ހުންނަވަނިކޮށް، ގޮއްވާލަން ގޮވާލާ ފޭސްބުކް ގައި ލިޔެފައިވާ (ޢަލީ ޔާސިރު ނަމުގައި ފޭސްބުކް އެކައުންޓް ހަދައިގެން އުޅޭ) ފަރާތް ހޯދާ މިހާރުން މިހާރަށް ހައްޔަރުކޮށް މައްސަލަ ބައްލަވާ ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުން އެދި މިކޯލިޝަންގެ ފަރާތުން ވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައި ކަމަށެވެ.

ހަމައެއާއެކު އެމައްސަލަ ބައްލަވާ ފިޔަވަޅުއަޅުއްވާދެއްވުމަށް ދައުލަތުގެ ކަމާ ބެހޭ މުއްސަސާތަކަށްވެސް ގޮވާލާ ކަމަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާ ވަރުގަދަ ކޮށްދެއްވުމަށް ވެސް އެދޭ ކަމަށް ވެސް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

PPM 2

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.