އަމިއްލަ އޮފީސްތަކުން ވެސް މުވައްޒަފުން މަސައްކަތަށް ނުނެރުމަށް އެދިއްޖެ

އަމިއްލަ އޮފީސްތަކުން ވެސް މުވައްޒަފުން މަސައްކަތަށް ނުނެރުމަށް އެޗްޕީއޭ އިން އެދިއްޖެ އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރެފައިވާ އަމުރުގައި ވަނީ މިއަދުން ފެށިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތް ކުރުމަށް ނޫނީ މާލެ ސަރަހައްދުގައި އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތަކާއި، އޮފީސްތައް ހިންގާ ފަރާތްތަކުންވެސް އޮފީސްތަކަށް މުވައްޒިފުން ނުނެރުމަށް އަންގާފަ އެވެ.

އިޝްތިހާރު Below Header ad

“ވަކި ގޮތެއް އަންގަންދެން މާލެ ޞަރަޙައްދު (މާލެއާއި ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށް ޓާއި، ގުޅީފަޅު) ގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން އޮފީހަށް ހާޒިރުވެގެން ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތައް ފިޔަވައި، މަސައްކަތްކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށްގެ ބޭއްވުމަށް އަންގަން.” މައިމޫނާގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް ކަނޑައެޅޭ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށާއި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވެސް ބުނެފައި ވެއެވެ.

މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް ވަނީ އަންގާފައެވެ.

މީގެ އިތުރުން މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށްވެސް ވަނީ އަންފާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.