މާލެ ސަރަހައްދުގެ ކާފިއު ގަޑި އަވަސް ކޮށްފި

ކޮވިޑު ބަލި ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގައި އިޢުލާން ކޮށްފައިވާ ކާފިއު ގަޑި އަވަސް ކޮށްފި އެވެ.

ހެލްތު ޕްރޮޓކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާއިން ފެށިގެން މާލެ ސަރަޙައްދުގެ ކާފިއު ގަޑި ފެށޭނީ ރޭގަނޑު 9:00އިން ކަމަށެވެ. އަދި ކާފިއު ގަޑި ނިމޭނީ ފަތިހު 4:00 އަށް ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާ ކަމެއް ކަމަށާއި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޚިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

މި ފަހަކަށް އައިސް ކޮވިޑު ކޭސްތައް ރާއްޖޭގައި އިތުރުވަމުން އަންނަ އިރު، ފާއިތުވި 24 ގަޑިއިރު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވެސް ވަނީ 734 އަށް އަރާފަ އެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި 540 މީހުން ވެސް ހިމެނެ އެވެ.

ކޮވިޑު ކޭސްތައް އިތުރުވާން ފެށުމުން އެ އެޖެންސީން މީގެކުރިން އިއުލާން ކުރީ ރޭގަނޑު 00:00 އިން ފެށިގެން ފަތިހު 4:00 އަށް ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށެވެ.

ކާފިއުގެ އިތުރުން މާލެ ސަރަޙައްދުގައި ހިމެނޭ ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައްވެސް ބަންދުކޮށްފައިވާ އިރު، ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމާއި ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހެދުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުމަށްވެސް ވަނީ ނިންމާފަ އެވެ.

މިހާތަނަށް 25،473 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައިވާ އިރު، ރަނގަޅު ނުވެ 7،109 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށް 198 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 74 މީހަކު ނިޔާވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.