ފިިޝަރީޒް މިނިސްޓަރު ކަމަށް ޑރ ހުސައިން ރަޝީދު އައްޔަން ކުރައްވައިފި
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ މިނިސްޓަރު ކަމުގެ މަގާމަށް، އެންވަޔަރަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން އައްޔަން ކުރައްވައިފިއެވެ.
ފިޝަރީޒް މިނިސްޓަރުކަމަށް ޑރ ހުސައިން ރަޝީދު މި އައްޔަންކުރެއްވީ ކުރިން އެމަގާމުގައި ހުއްނެވި ޒަހާ ވަހީދު ވަކި ކުރެއްވުމަށް ފަހުގައެވެ. ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަން ކުރެވުނު ޑރ ހުސައިނަކީ މީގެ ކުރިންވެސް ރައީސް ނަޝީދުގެ ދައުރުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. .
ޒަހާ މަގާމުން ވަކިކުރެއްވީ ކެބިނެޓާއި ސިޔާސަތުތަކަށް ބަދަލު ގެނެސް ސަރުކާރު ހިންގުން ހަރުދަނާކުރުމުގެ ވިސްނެވުންތަކެއް ރައީސް ގެންގުޅުއްވާ ކަން ރައީސް އޮފީހުން އިއުލާންކޮށްފައި ވަނިކޮށެވެ. ބޭނުމަކީ ރައީސް ވެވަޑައިގެންފައިވާ ވައުދުތައް އަވަހަށް ފުއްދަވައި ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެދެއްވުމެވެ.