ކޮވިޑް-19: މާފުށިން ފައްސިވި މީހުންގެ އަދަދު 349 އަށް އަރައިފި

ކ. މާފުށިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ އަދަދު 349 އަށް އަރައިފިއެވެ.

މިކަން ހާމަކުރުމަށް މާފުށީ ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އިތުރު 5 މީހަކު ފައްސިވެފައިވާއިރު، މި ބަލިން 11 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި ކޮވިޑް ފެސިލިޓީގައި 7 މީހަކަށް މިހާރުވެސް ދަނީ ފަރުވާދެމުންނެއެވެ.

އިޝްތިހާރު Below Header ad

މި ކޭސްތަކާއި ގުޅިގެން މާފުށޫ ގިނަ ގެތަކެއް މިހާރުވެސް ކަރަންޓީނުގައި ހުރިއިރު، އެރަށުން އެންމެ ފުރަތަމަ ކޭހެއް ފެނިފައިވަނި މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ީމާފުށީ ފްލޫ ކްލިނިކަށް ދެއްކި އެރަށު މީހަކު ފައްސިވެ، އެ ރަށަށް އަރައި ފޭބުން މަނާ ކުރީ އެހިސާބުންނެވެ. އަދި އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީނުގައި ނެތް މީހުންކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ ކޮވިޑް ފެތުރުން ކޮސްޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން މި މަހުގެ 5 އިން 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުވެ، އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

އަދި ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައު މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުމަށްވެސް ވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.