ކޮވިޑް-19: އަނެއްކާވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހަކު ފައްސިވެއްޖެ

އަނެއްކާވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މި މީހާއަކީ ގދ. ތިނަދޫއިން ފައްސިވި, ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެއިންޓެނެސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. މައުލޫމާތު ލިބުނު ގޮތުން އެ މީހާ ފުރިހަމަ ކޮށްފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒެވެ.

އިޝްތިހާރު Below Header ad

އެއީ މިމަހުގެ 1 ވަނަ ދުވަހު ނެގި ރޭންޑަމް ސާމްޕަލް ތަކުގެ ތެރެއިން ސާމްޕަލެކެވެ. އެމީހާ ފައްސިވުމާއެކު އެ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ ނިންމާފައެވެ.

މި މީހާގެ އިތުރުން މިރޭވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިތުރު މުވައްޒަފަކު ވަނީ ފައްސިވެފައެވެ. އެމީހާއަކީ އެ ހޮސްޕިޓަލްގެ އެމްބިއުލާންސް ޑްރައިވަރެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.