އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ވުޒާރާއާއެކު މަޝްވަރާކުރަމުން އަންނަނީ: މަބުރޫކް
މި މަހު ރާއްޖޭގައި ކުޅެން ނިންމާފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށްގެންދިޔުމާ ބެހޭ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބުރޫކް ވިދާޅުވީ މިކަމާއި ގުޅިގެން މަޝްވާރާކުރަމުން އަންނާތީ މިކަމަށް ސީދާ ޖަވާބެއް ދެވްނ ކަމަށާއި ޖަވާބެއް ދެވޭނީ މަޝްވަރާތައް ނިމުމުންކަމަށެވެ.
މިރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރައިށް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ އޭއެފްސީ ކަޕުގެ މެޗުތައް ބޭއްވުމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާ އާއި ސިއްހަތާ ބެހޭ ވުޒާރާއިން މަޝްވަރާތައް ފަށާފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ގޮތެއް ނިންމާފައިނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެކަމުގައި ސިއްހަތާ ބެހޭ ވުޒާރާއިން ނަގާނެ ސްޓޭންޑަކީ އެކަން ކުރުމުގައި ރައްކާތެރި ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އެ އިންތިޒާމުތައް ރޭވިގެން ނޫން ގޮތަކަށް، އެކަމަށް ހުއްދަ ނުދިނުން ކަމަށްވެސް މަބުރޫކް ވަނީ ވިދާޅުވެފައެވެ.
“ އޭއެފްސީ ކަޕުގެ މެޗުތައް ކުރިއަށްގެންދިޔުމާ ބެހޭ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއާއެކު ގެ އިތުރުން މަޝްވަރާކުރަމުން. އެހެންކަމުން އަދި މިކަމަށް ސާފު ޖަވާބެއް އެރުވެންނެތް. ސިއްހަތާ ބެހޭ ވުޒާރާއާއި އެކުވެސް މަޝްވާތައް ފަށާފައިވަނީ. ނަމަވެސް މިހާތަނަށް އަދި ގޮތެއް ނިންމާފައެއް ނުވޭ“ މަބްރޫކް ވިދާޅުވިއެވެ.
އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި މަހު 11 ވަނަ ދުވަހު މާލޭގައި ކުޅެން ވަނި ތާވަލުކޮށްފައެވެ. އަދި މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.