މާންދޫން ފައްސިވި މީހުންގެ އަދަދު 278 އަށް އަރައިފި

ލ.މާންދޫ ސްލަސްޓާއާއި ގުޅިގެން ލ.އަތޮޅު ފަސް ރަށަކަށް ފެތުރިފައިވާ މާންދޫ ކޮވިޑު ކްލަސްޓާގެ ޖުމްލަ އަދަދު 278 އަށް އަރައިފިއެވެ.

މިކަން ހާމަކުރައްވާ ލ.އަތޮޅު ގަން ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އިއްޔެ އެ ކްލަސްޓާގައި ގަން އަދި މާންދޫން އިތުރު އަށް މީހަކު ފައްސިވެފައި ވެފައެވެ. އެހެންކަމުން ފައްސިވި ޖުމްލަ އަދަދު ވަނީ 259 އަށް އަރާފައެވެ.

އިޝްތިހާރު Below Header ad

މާންދޫ ކްލަސްޓާ އާއި ގުޅިގެން މިވަގުތު ލ އަތޮޅުގައި ކޮވިޑް ކޭސްތައް ފެނިފައިވާ ރަށްރަށަކީ ލ. ފޮނަދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ލ. އިސްދޫއެވެ. މި ހުރިހާ ރަށަކުންވެސް ކޮވިޑް ކޭސްތައް ވަނީ ފެނިފައެވެ.

އެގޮތުން ލ. ފޮނަދޫން ފައްސިވެފައިވާ ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފައިވާއިރު، އެ އަތަޅޮ ދަނބިދޫން ހަތަރު ކޭހެއް ވަނީ ފެނިފައެވެ. އަދި އިސްދޫން ވެސް އެއް ކޭސްވަނީ ފެނިފައެވެ. ލ. މާންދޫގެ ކްލަސްޓާއާއި ގުޅިގެން އެ އަތޮޅުގައި ކޮވިޑްގެ ބިރުވެރިކަން އިންތިހާއަށް އޮތްއިރު، ކޮންމެ ދުވަހަކުވެސް ކޮވިޑް ކޭސްތަކެއް ދަނީ ފެންމަތިވަމުންނެވެ.

މާންދޫ ކޭސްތަކާއި ގުޅިގެން ލ.ގަން، ފޮނަދޫގެ އިތުރުން އިސްދޫ، ދަނބިދޫ ވަނީ މޮނީޓަރިންގެ ހާލަތައްވެސް ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.