ޣައްސާނަކީ ސިޔާސީ މުސްތަޤުބަލެއް އޮތް ކުއްޖެއް: ރައީސް ޔާމީން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައިސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ހަގު ދަރިކަލުން ޣައްސާން މައުމޫން އަކީ ސިޔާސީ މުސްތަޤުބަލެއް އޮތް ކުއްޖެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަންދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ބޭފުޅުންނާއެކު ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބުގައި ޣައްސާން މައުމޫން ކޮންމެވެސް ދާއިރާއަކުން މަޖިލީހަށް އިންތިޚާބު ކޮށްދެއްވާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ މަނިކުފާނު ވިދާޅުވީ މިތިބީ ވާހަކަ ނުދެއްކޭ ހިސާބުގައި ނޫން ކަމަށާއި އެއްބާރުލުން ދޭން ތައްޔާރަށް ތިއްބެވި ކަމަށެވެ. އަދި އިންތިޚާބުތައް ކާމިޔާބުކުރަނީ އެންމެން ނިކުމެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫނަކީ ޕީޕީއެމްގެ އެންމެ ޝަރަފުވެރި އެންމެ ޢިއްޒަތްތެރި މެންބަރު ކަމަށާއި ރައީސް މައުމޫނަށް އެ އިހްތިރާމް އަދާކުރައްވާ ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް އުޞޫލުތަކާއި މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތިން ޕާޓީގެ ގުނަންތަކުގެ ބޭނުން ހިފުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ޣައްސާންގެ ވާހަކަ ދެއްކެވި އިރު ޕީޕީއެމްގެ ދެ ފެކްޝަނުން ބާއްވާ ކައުންސިލް ބައްދަލުވުންތަކުންވެސް ކައުންސިލް މެންބަރެއްގެ ހައިޘިއްޔަތުން ޣައްސާން ފެންނަމުން އާދެއެވެ.

އެހެންނަމަވެސް ރައީސް މައުމޫންގެ އެހެން ބޭފުޅުން ރައީސް ޔާމީންގެ ފެކްޝަންގެ ކައުންސިލް ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކުން ނުފެންނަ އިރު، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެކުލަވާލި ސަރުކާރުގައި ރައީސް މައުމޫންގެ ހަތަރު ބޭފުޅުންވެސް ވަނީ ސަރުކާރުގެ އިސް މަޤާމުތަކަށް އައްޔަންކުރައްވާފައެވެ.

ނަމަވެސް މިވަގުތު ސަރުކާރުގައި ހުންނެވި ރައީސް މައުމޫންގެ ހަމައެކަނި ބޭފުޅަކީ ވެސް ޣައްސާން އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.