ކައުންސިލު އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިޢުލާންކޮށް ނިމޭނެ

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނުކޮށް ނިންމައިލެވޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ ރޭ ދަންވަރު 3:30 އާއި ހަމައަށް މުޅި އިންތިޚާބުގެ 90 ޕަސެންޓް މިހައިތަނަށް އިއުލާނު ކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ 91 ޕަސެންޓް ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 86 ޕަސެންޓް ވަގުތީ ނަތީޖާ އިއުލާނު ކުރެވިފައިވާ ކަމަށް އެ ޮިމިޝަނުން ބުނެއެވެ.

މީގެ އިތުރުން ކޮމިޝަނުން ބުނީ މިހާތަނަށް އިއުލާނު ނުކޮށް ހުރި ނަތީޖާތައް މިރޭ 10:00 ގައި އިއުލާނުކުރަން ފަށާނެ ކަމަށެވެ.

ނަތީޖާ ޝީޓުގައި މައްސަލަ ހުރިކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ވަނީ 18 ވޯޓު ފޮށްޓެއް އަލުން ގުނަން ނިންމާފަ އެވެ.

އެމްޑީޕީން ހަ ވޯޓު ފޮށްޓެއް ގުނަން ހުށަހަޅާފައިވާ އިރު، ނަތީޖާ ކަށަވަރުކުރުމަށް، ކޮމިޝަނުން ވަނީ ތިން ވޯޓު ފޮށްޓެއްގެ ސެކިއުރިޓީ އުރަ ކަނޑާފަ އެވެ.

އިންތިހާބުގައި 3،814 ކެންޑިޑޭޓުން ވާދަކުރި އިރު، އެއީ ކައުންސިލް އިންތިޚާބުގައި 2،234 މީހުންނާއި އަންހެނުންގެ ކޮމިޓީއަށް 1،580 ކެންޑިޑޭޓުންނެވެ.

އެ ކެންޑިޑޭޓުންނަށް ވޯޓުލާފައިވަނީ 182،995 މީހުންނެވެ. އެއީ ވޯޓުލުމަށް ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން 67 ޕަސެންޓް މީހުންނެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަންޖެހޭ ވަކި މުއްދަތެއް އިންތިޚާބާއިބެހޭ އާއްމު ގާނޫނަކު ނޯވެ އެވެ. ނަމަވެސް ވޯޓުލާތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަންޖެހެ އެވެ. އެހެންވެ، މި މަހުގެ 24 ގެ ކުރިން ދާއިމީ ނަތީޖާ އިއުލާނުކުރަން އީސީ އަށް ޖެހޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.