
އިންޓަމިޓެންޓް ފާސްޓިންގ އަކީ ކޮބައި؟
އިންޓަމިޓެންޓް ފާސްޓިންގ (Intermittent Fasting) އަކީ ދުވާލުގެ ވަކި ވަގުތުތަކެއްގައި އެކަނި ކެއުމަށްފަހު، ބާކީ އޮތް ވަގުތު ނުކައި ހުރުމެވެ.
މިސާލަކަށް، ދުވާލުގެ 8 ގަޑިއިރުގެ ތެރޭގައި ކެއުމަށްފަހު، ވިދިގެން އަންނަ 16 ގަޑިއިރު އެއްވެސް އެއްޗެއް ނުކައި ހުރުމެވެ. މީގެ މައިގަނޑު ބޭނުމަކީ ހަށިގަނޑުގައި ރައްކާކުރެވިފައިވާ ސަރުބީ ވިރުވައި، ހަކަތައަށް ބަދަލުކުރުމަށް ފުރުސަތު ދިނުމެވެ. މިއީ ބަރުދަން ލުއިކުރުމަށާއި ސިއްހަތު ރަނގަޅުކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ ގޮތެކެވެ.
މީގެ ސަބަބުން ނަތީޖާ ފެންނަ މައިގަނޑު ސަބަބުތައް:
އިންސިއުލިން ދަށްވުން: ގިނައިރު ނުކައި ހުރުމުން ހަށިގަނޑުގެ އިންސިއުލިން މިންވަރު ދަށްވެއެވެ. އިންސިއުލިން ދަށްވުމަކީ ރައްކާކުރެވިފައި ހުންނަ ސަރުބީ ވިރުވައި އަންދާލުމަށް މަގުފަހިވާ ކަމެކެވެ.
ސަރުބީ އަންދާ ހޯމޯން އިތުރުވުން: ނުކައި ހުންނަ ވަގުތުތަކުގައި ނޯއެޕިނެފްރިން ފަދަ ހޯމޯންތައް އިތުރުވެ، ސެލްތަކުގައި ހުންނަ ސަރުބީ ހަކަތައަށް ބަދަލުކޮށް އަންދާލުމުގެ މަސައްކަތް ހަލުވިކޮށްދެއެވެ.
ކެލޮރީ ބޭނުންކުރެވޭ މިންވަރު މަދުވުން: ކެއުމަށް ކަނޑައެޅިފައިވާ ވަގުތު ކުރުވުމުގެ ސަބަބުން، ވަކި ހާއްސަ ޑައެޓެއް ނުހެދި ނަމަވެސް އެތެރެވާ ޖުމްލަ ކެލޮރީގެ މިންވަރު އަމިއްލައަށް މަދުވެގެންދެއެވެ. މިއީ ބަރުދަން ލުއިވުމުގެ މައިގަނޑު އަސާސެވެ.
މެޓަބޮލިޒަމް ހަލުވިވުން: ކުރު މުއްދަތަކަށް ނުކައި ހުރުމަކީ މެޓަބޮލިޒަމްއަށް ކުރިއެރުން ގެނެސްދޭ ކަމެކެވެ. މީގެ ސަބަބުން ސަރުބީ ވިރުވައިލުމުގެ ދުވެލި އަވަސްވެގެންދެއެވެ.
މި ސަބަބުތަކަށްޓަކައި، ކެލޮރީ ގުނުމުގެ އުނދަގުލަކާ ނުލައި އަދި އާންމު ދިރިއުޅުމުގެ ތެރެއިން ފަސޭހައިން އަމަލުކުރެވޭތީ، އިންޓަމިޓެންޓް ފާސްޓިންގ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ގޮތެކެވެ.
ޖަވާބު: Personal Trainer Ali Shameem



